(އައްޑޫ ސިޓީ) ރާއްޖޭގެ އެންމެ ދެކުނަށް މި އޮންނަ އައްޑު އަތޮޅު ގަމެވެ. ޖިއޮގްރަފީ ގޮތުން މި ރަށް ޚާއްސަ ވަނީ މިހެންވެގެންނެވެ. ތާރީޚީ ގޮތުން ވެސް މި ރަށް ޚާއްސަ އެތައް ސަބަބެއް އޮވެއެވެ. އިނގިރޭސިންގެ ހިމާޔަތުގައި ރާއްޖެ އޮތް އިރު އިނގިރޭސިން ގަމުގައި ގާއިމްވެ ތިބުމާއި އޭރު ހިނގި ރާއްޖޭގެ ދާޚިލީ ސިޔާސީ ގަނޑުބަނޑުތަކާއި ގަމުގައި އިނގިރޭސިން ގާއިމް ކުރި ބިނާތަކަކީ ރާއްޖޭގެ ތާރީޚުގައި ޚާއްސަ ސަފްހާތަކެއް ހިމެނޭ ބައެކެވެ. "ވަގުތު ހޭރިޔާ" ގެ ނޫސްވެރިން ވަނީ މި ރަށުގެ ވެސް އެންމެ ދެކުނުގައި އޮންނަ ސަރަހައްދަށް ޒިޔާރަތްކޮށްފައެވެ. "ސަދަން މޮސްޓް ޕޮއިންޓް" ގެ ނަމުން ނަން ދެވިފައިވާ މި ސަރަހައްދު މިހާރު…