ކުއްލި މަރެކެވެ. އެތައް ބައެއްގެ ހިތްތައް ހިތާމައިން ފުރިއްޖެއެވެ. އަލަތު ދަރިފުޅަށް އިންތިޒާރު ކުރަމުން ދިޔަ އާއިލާއެކެވެ. އެހެން ނަމަވެސް ވިހެއުމަށްފަހު އެ އަންހެން މީހާ ކުއްލި ވަކިވުމާއެކު މުޅި ހިތް ކުދިކުދި ވެއްޖެ އެވެ.

ގއ. މާމެންދޫއަށް އަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ސަލްމާ ނަސީރު ނިޔާވީ ވިހެއުމަށްފަހު، ކުއްލި ގޮތަކަށެވެ. ސަލްމާ ނިޔާވީ އޭޑީކޭގައި ވިހައިގެން ލޭ މަނާ ނުވެގެން ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އެހެން ނަމަވެސް މިކަމުގައި ހޮސްޕިޓަލްގެ ރަސްމީ ބަހެއް މީޑިއާތަކަށް އަދި ނުލިބެ އެވެ.

"އޭޑީކޭގައި ވިހާފައި، ބްލީޑްވެގެން، ލޭ މަނާ ނުވެ، ލޭ ހުސްވެގެން ނިޔާވި ކަމަށް މައުލޫމާތު ލިބެނީ". އެރަށުން "ވަގުތު"އާ ވާހަކަދެއްކި މީހަކު ބުންޏެވެ.

އެއީ މާލޭގައި ދިރިއުޅެމުންދާ ޒުވާނެއް ކަމަށް މައުލޫމާތު ލިބެއެެވެ. އޭނާ އާ ފިރިމީހާގެ ކައިވެންޏަށް އަދި ވާނީ ދެ ވަރަކަށް އަހަރެވެ.

ސަލްމާ އަކީ ކުރީގެ ޕީޖީ މުހުތާޒް މުހުސިންގެ އާއިލާ މީހަކާއި، ކައިވެނި ކޮށްގެން އުޅޭ ޒުވާނެކެވެ.

އެ ޒުވާނާގެ ކުއްލި ވަކިވުމާއެކު އާއިލާއަށް ލިބިގެން ގޮސްފައި ވަނީ ސިހުމެކެވެ.

އެރަށުން ވާހަކަދެއްކި މީހަކު ބުނީ، ސަލްމާ ވިހެއީ ފިިރިހެން ކުއްޖެއް ކަމަށާއި، ދަރިފުޅުގެ ހާލު ރަނގަޅު ކަމަށެވެ.

"ވަގުތު"އަށް މައުލޫމާތުދެއްވަމުން މޭމެންދޫ ކައުންސިލް ރައީސް މުހައްމަދު ޒައީމް ވިދާޅުވީ، އެ ޒުވާނާ ވިހަން ގެންގޮސްފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށެވެ.

"ޑޮކްޓަރުންނާއި ހަވާލާދީ އާއިލާގެ ފަރާތުން ބުނީ، ކުއްޖާ ވިހެއުމަށްފަހުގައި ލޭ މަނާ ނުވެގެން އެކަމުގެ ތެރޭގައި ކަމަށް". ޒައީމް ވިދާޅުވިއެވެ.

އޭނާ ނިޔާވީ ދަރިފުޅު ވިހެއިތާ ގަޑިއެއްހާ އިރު ފަހުން ކަމަށް މައުލޫމާތު ލިބޭ ކަމަށް ޒައީމް ފާހަގަކުރެއްވި އެވެ.

ސަލްމާއަކީ ވަރަށް ރަނގަޅު ވަރަށް ސޯލިހް ކުއްޖެއްގެ ގޮތުގައި އެރަށު މީހުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. Anonymous

    إنا لله وإنا إليه راجعون

    168
    1
  2. ޖަޒީރާވަންތަ ރޯޔަލް ކެހެރި ނުފަޅާ ޖަނަވާރު

    ސޯލިހުމެން ޖެހޭނެ ޒިންމާ ނަގަން މިހާރުވާ ހުރިހާ އިހުމާލަކަށްވެސް..... ކުރީގަ ކަމެއްވާ އިރަށް އެމްޑީޕީ އެއްޗެހިތައް ހީވާނީ ރައީސް ޔާމީން ބޮލުގައަޅުވާއިރު މޮޔަވެގެން އުޅޭހެން

    72
    21
    • ބަލަާއެއް

      ކިހާ ދެރަކަމެއް.. މީހަކު މަރުވިޔަސް ވެރިކަން.. މިދެން ކޮންފަދަ ނުހޮރޮއްޕާނެއް.. ސިޔާސީވެގެންވެސް ހައަްދުފަހަނަ އަޅާފަ ތިބިބަޔެއް

      33
      15
      • ގެރި

        ސިޔާސީ ކުރަން ދަސްކޮށްދިނީވެސް މި އުޅޭ އެމްޑީޕީ އެއްޗެހިން

        4
        1
  3. ދިރާސާ

    ވިހަން ތަނަށް އަރާފައި މަރުވާ މީހުންނަކީ ޝަހީދުން ކަމުގަެި ބުނެވޭ.. މާތްﷲ ގެ އިރާދަފުޅުން ސަލްމާއަށް ސުވަރުގެ މިންވަރު ކުރައްވާށި...

    289
    • އެއްބަސް

      އާމީން،

  4. މަމްދޫޙާ ޢަބްދުﷲ

    إنا لله وإنا إليه راجعون
    މާތްﷲ މަރުޙޫމާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރަށްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. ޢާމީން

    215
    1
  5. شلمت

    إنا لله وإنا إليه راجعون

    163
  6. ހިތާމަ

    إنا لله وإنا إليه راجعون މަރުހޫމާ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވަވާ، އާއިލާ އަށް ކެތްތެރިކަން ދެއްވަވާށި.

    175
  7. ބަކަރި

    މި ވެރިކަމުގަ ހާދަ މީހުން މަރުވެޔޭ.. ދެން އަންނަ ސަރުކާރަކުން އާ ކޮމިޝަނެއް ހަދައިގެން މި ހުރިހަ ކަމެއް ބަލައިފިއްޔާ ރަނގަޅު

    40
    36
  8. ޅލލ

    އޭޑީކޭގަ އަޅުގަނޑަށް ވިހެއުމުގަ ކުރެވުނީ ވަރަށް ގޯސް ތަޖުރިބާއެއް. ނަރުހުން ވަރަށް ގޯސް އަދި ކެއަރ ފުރީ.

    56
    6
  9. އައިއޭ

    إنا لله وإنا إليه راجعون

    58
    1
  10. ތަކުރު

    إنا لله وإنا إليه راجعون

    54
    2
  11. ށަމް

    މިޢީ ދުނިޔޭގެ އެންމެ ބޮޑު ހަގީގަތް، މަރު، ދިރިތިބީން އިބްރަތް ހާސިލް ކުރުން އެންމެ އައުލާކަން ބޮޑު ފިލާވަޅު.. ދެންވެސް ހެޔޮ އަމަލުތައް ކުރުމަށް އަވަސްވެގަންނާށެވެ.

    103
  12. ހުސާނު

    إنا لله وإنا إليه راجعون
    މަރުހޫމާ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވަވާ، އާއިލާ އަށް ކެތްތެރިކަން ދެއްވަވާށި. އާމީން..

    72
  13. ކޮމެންޓު

    ހޮސްޕިޓަލުގަ ވޮހެއުމުގެ ބޭނުމެއް ނެތެއްނު. ގޭގަ ފޫލުމައިން ވިއްސީމަ ވާވަރު މިވަނީ.

    53
    12
    • މާހިރާ

      ކޮންމެ ތަނެއްގައި ވިހެއިކަމުގައިވިއަސް ވަގުތު ޖެހުމުން މަރު ބައްދަލުކުރާނެ. އެކަން ޖެހޭނީ، ގަބޫލު ކުރަން.

      35
      3
  14. ޒައި

    إنا لله وإنا إليه راجعون

    49
    1
  15. ޓައްޕު

    إنا لله وإنا إليه راجعون

    46
  16. ވާނުވާ

    އޭޑީކޭ ފަދަ ހޮސްޕިޓަލެއްގަ ލޭމަނާ ނުކުރެވުމުގެ ސަބަބުން ފުރާނައެއް ގެއްލިގެން ދިއުން ގަބޫލެއް ނުކުރެވޭ. ސިއްހީ މަރުކަޒެއް ގައި ނަމަ އޯކޭ.

    88
    5
    • ނނނ

      މަރު އައިސް ޖެހުނީމަ އެކަކަށް ވެސް ނުހިފެނެހެއްޓޭނެ

      29
      3
  17. އައިޝް

    إنا لله وإنا إليه راجعون މަރުހޫމާ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވަވާ، އާއިލާ އަށް ކެތްތެރިކަން ދެއްވަވާށި.

    61
    2
  18. ާަމާމިގިލި މީހާ

    إنا لله وإنا إليه راجعون

    20
  19. ޕަރީ

    އައިޖީއެމްއެޗްގައި ދެކުދިންވެސް ވިހެއީ.. ފުރަތަމަ ފަހަރު ތިން ދުވަސްކޮށްފައި ދޫކޮށްލަން އުޅުނީ. ތެލަސީމިއާ ކެރިއަރ އަކަށް ވިއިރުވެސް ޗެކްނުކޮށް. ކޮޅަށް ތެދުވެލާއިރަށް އަނބުރައިގަނޭ. އަމިއްލައަށް އެދިގެން ޗެކްކުރީއިރު ހުރީ 8ގައި. ލޭ އަޅަން ޖެހުނީ. ފަރުވާ ކުޑަވެގެން ހޮސްޕިޓަލްގައި ތިހިސާބަށް ތިދިޔައީ. މައްޔިތާއަށް ހެޔޮ ރަހްމަތްލައްވާ ޝަހީދެއްގެ ދަރަޖަ ދެއްވާށި!! އާއިލާއަށް ކެތްތެރިކަން ދެއްވާ ތުއްތު ދަރިފުޅަށް ބާއްޖަވެރި ދިރިއުޅުމެއް ދެއްވާށި!! އާމީން! ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

    32
    3
  20. ބުއްލަބޭ

    "ސަލްމާއަކީ ވަރަށް ރަނގަޅު ވަރަށް ސޯލިހް ކުއްޖެއްގެ ގޮތުގައި އެރަށު މީހުން ފާހަގަކުރެއެވެ." ކިތައްމެ ސޯލިހު ރަނގަލަު މީހަކަސް، އަދި ވިޔާނުދާ މީހަކަސް މަރު އައިސް ޖެހުނީމަ، މަރުވާނެ. މަރުހޫމާޔަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާސި އާމީން!

    33
    1
  21. ާަޢނާ

    إنا لله وإنا إليه راجعون
    މާތްﷲ މަރުޙޫމާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރަށްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. ޢާމީން

    24
  22. Anonymous

    އޭޑީކޭގައި ތިގޮތައް މަރުވި ދެވަނަ މީހާާ .މިކަމުގައި ޒިންމާވާނެ ބައެއްނެތް.އޭޑީކޭއަަކީގޯސްްކަމެއްކުރުމުން ޒިންމާނަގާތަނެއްނޫން.ލާރިކާތަނެއް.މާތްﷲވަކީލް.އެކުޑަ ކުޑަތުއްތު ކުއްޖާމަންމަގެ ލޯބިން މަހުރޫމުވީ .ދެމީހުންދެކެމުން ފޮނި އުއމާދު ވިއްސި ވިހހާލިވީ ބައެއްގެ އިހުމާލުން.މާތްﷲއެފުރާނަޔައް ޝަހީދެއްެގެ ދަރަޖަ ދެއްވާށި އާމީން.

    24
    2
    • ބޭޗާރާ

      ދޭއް ނޫން. ގައިމުވެސް ހަތަރުފަސް މީހުން ތިގޮތަށް ތި ހޮސްޕިޓަލުގައި ދުނިޔެ ދޫކޮށްފި.

  23. ޓުކުރި

    ޢިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއޫން.

    20
  24. އިހުސާނާ

    ގަބޫލެއް ނުކުރެވޭ ހޮސްޕިޓަލެއްގައި މިޒަމާނުގައި ލޭހުސްވެ މަރުވަންދެން ލޭމަނާނުކުރެވުނު ވާހަކަބުނީމަ! ހޮސްޕިޓަލުގައި އެވަރު ނެތީނޫންތޯ ނޫނީ އިހުމާލުވީތޯ؟

    7
    1
    • ޘ

      ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ވިހެއުމުގެ ތެރޭގައި އެތައް ބަޔަކު މަރުވޭ. ވިހެއުމަކީ ވަރަށް ބޮޑު ކަމެއް. ކޮންމެތާކު ވިހެޔަސް މަރުވެދާނެ. ބްލީޑްވުން ހުއްޓުވުމަކި ޑޮކްޓަރަށް ކުރެވޭނެ ކަމެއް ނޫން. މާތް ކަލާންގެއާ ވަކިލު

      4
      2
  25. ރައްޔިތުމީހާ

    އޭ.ޑީ.ކޭ - ބަލާބޮޑު ހޮސްޕިޓަލެއް. ލާރި އަށް ދަހިވެތި ، ސާރވިސް ހަމަ ސުމެއް.

    7
    1
  26. ل م

    انا لله وانا اليه راجعون
    اللهم اغفر لها و ارحمها

  27. Anonymous

    لله وإنا إليه راجعون

  28. ޅުޮނެއި

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن
    މާތް اَللّٰهُ , މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮރަހްމަތް ލައްވައި ސުވަރުގެ މިންވަރު ކުރައްވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! آمیـــــــــــــن

  29. 19

    إنا لله وإنا إليه راجعون.....