ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ފަރުވާއަށް އިންޑިއާ އިން ތައްޔާރުކޮށްފައިވާ ވެކްސިން ޖަހާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރެވުނު މޮޅު ކަމެއް ނޫން ކަމަށް އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކޮވިޝީލްޑް ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރަން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އިން ގޮވާލައި އަޑު އުުފުލަމުން ދަނިކޮށް، އިއްޔެ ވަނީ ދައުލަތުގެ ތިން ބާރުގެ ވެރިން އެ ވެކްސިން ޖައްސަވައިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންގެ އިތުރުން ސަރުކާރުގެ ބައެއް އެހެން އިސް ބޭފުޅުންނާއި ޑޮކްޓަރުންނާއި ސިއްހީ ޚިދުމަތްތެރިން ވެސް އެ ވެކްސިން ޖެއްސެވިއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ކޯލިޝަނުން އެއްވެސް އިރެއްގައި ވެކްސިން ގެނެސް ޖަހަން ދެކޮޅު ނުހަދާ ކަމަށެވެ. އެ ކޯލިޝަނުން ދެކޮޅު ހަދަމުން ދިޔައީ އެ ގެންނަ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުނުކޮށް ރައްޔިތުން ގަޔަށް ޖަހަން އުޅެފާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވި ގޮތުގައި، ސަރުކާރުގެ ކަންކަމަށް ބަަލާއިރު ރައްޔިތުންގެ ކަންބޮޑުވުން އޮތީ ހަމައެކަނި ވެކްސިންގެ ކަންކަމާ މެދުގައެއް ވެސް ނޫނެވެ. ސަރުކާރުގެ ގިނަ ސިޔާސަތުތައް ދޯހަޅިވެ ނިންމުންތަކުގައި ހަރުދަނާ ކަމެއް ނެތުމުން ރައްޔިތުން ހިތްހަމަނުޖެހޭ އެތައް ކަމެއް އެބަހުރި ކަމަށް ވިދާޅުވިއެވެ.

"އެހެންވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހީކޮށްގެން ނުވާނެ، ވެކްސިން ޖަހައިގެން އަދި ތި ކުރެވުނީ މާ ކޮޅު ކަމެއް ކަމަކަށް،" އަދުރޭ ވިދާޅުވިއެވެ.

ބަލީގެ ޝިފާއެއްގެ ގޮތުގައި އިންޑިއާއިން ތައްޔާރުކޮށްފައިވާ ވެކްސިންގެ 100،000 ޑޯޒް ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ. މި ވެކްސިނަކީ އޮކްސްފޯޑް-އެސްޓްރަޒެނެކާ އާއި އިންޑިއާގެ ސިރަމް އިންސްޓިއުޓް އިން އުފެއްދި ކޮވިޑް-19 ވެކްސިނެވެ. މި ވެކްސިނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ހުއްދަ ދީފައިވާ އިރު، ދުނިޔޭގެ ގިނަ ގައުމުތަކުގައި މި ވެކްސިން ބޭނުން ކުރެއެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއާއި ސަރުކާރުން ނިންމާ ނިންމުންތަަކަށް ޕީޕީއެމްއާއި ޕީއެންސީއިން ދަނީ އަބަދުވެސް ފާޑުކިޔަމުންނެވެ. އަދި އެޗްޕީއޭގައި ސިޔާސީ ނުފޫޒު އޮތް ކަމަށް އެ ކޯލިޝަންގެ އިސް ބޭފުޅުން ތުހުމަތު ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކައުންސެލަރު

    އަނެއްކާ ކީރިތިކުރެއްވިތަ؟

  2. ޯދ

    3 ހިޔަޅު ޖެހީ އިންޑިޔާގެ މަކުނު ވެކުސިނެއްނޫން.
    65 އަހަރު މީހުނަށް ނުޖެހޭނެ ވެކުސިނެއް ކެރަފާ ނަސީމު އަދި އެމްޔޫ މަނިކު ޖެހިކަމަށް ދައްކަން އުޅުނަސް މިހާރު މީހުން ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްގަބޫލެއްނުކުރާނެ.
    65 އަހަރުން މަތީ މީހުންނަށް ޖެހޭ ވެކުސިނަކީ ފައިޒާވެކުސިން. މަކަރުވެރި ހީލަތްތެރި ލާދީނީ ސަރުކާރު.

  3. އަދުރެވެކްސިން

    މުޅި ދައުލަތް ދަވާލުމަކީވެސް މޮޅުކަމެއް ދޯ ؟