ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ހުތުރުކޮށް ބޭރުކުރުމުގެ ކުރިން މަގާމުން އިސްތިއުފާ ދެއްވުމަށް އަންގަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިންޒާރުދެއްވި ދެކުނު އެފްރިކާގެ ރިޓަޔާޑް ފަނޑިޔާރު ޔޮހާން ކްރީގްލާގެ ދިފާޢުގައި ސަރުކާރުން ނިކުމެއްޖެއެވެ.

ކްރިގްލާ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވަނީ ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރަން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ކްރިގްލާގެ ދިފާޢުގައި މިރޭ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު "ރާއްޖެޓީވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބޭރުގެ ތަޖުރިބާކާރަށް ހުތުރުވާ ގޮތަށް ސުޕްރީމް ކޯޓުން ބަޔާނެއް ނެރުމުން ހިތާމަކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ ޖުޑީޝަރީގައި ގިނަ މައްސަލަތަކެއް ހުރިކަމާއި، ޖުޑީޝަރީ އިސްލާހްކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ ކަމެއް ކަމަށް، އދ. ހިމެނޭ ގޮތަށް، ޖަމިއްޔާ ޖަމާއަތްތަކުން ބުނަމުންގެންދާކަމަށެވެ.

ރިފްއަތު ވިދާޅުވީ ޖުޑީޝަރީއާ މެދު ހުރިހާ ފަރާތެއްގެ އިތުބާރު ގެއްލިފައިވާ ދަނޑިވަޅެއްގައި އެފަދައިން ބަޔާނެއް ނެރުމުން ގެއްލިފައިވާ އިތުބާރު އިޔާދަނުވާނެ ކަމަށެވެ. އަދި އެފަދައިިން ބަޔާނެއް ނެރުމުން ރައްޔިތުންކުރާ އިތުބާރު ވެސް އިތުރަށް ގެއްލިގެންދާ ކަމަށް ރިފްއަތު "ރާއްޖެ ޓީވީ" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވިއެވެ.

ރިއްފަތު ވިދާޅުވީ ސުޕްރީމް ކޯޓުގައި މި ވަގުތު ތިއްބެވި ތިން ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ގޮތަށް 1 ފެބުރުއަރީ 2018 ގައި ނެރުއްވި އަމުރުގައިި ވެސް ފަނޑިޔާރު ގެޔަށް ކޮރަޕްޝަނާއި ނުފޫޒް ވަދެފައިވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ރިފްްއަތު ވިދާޅުވީ ހެޔޮނިޔަތުގައި ކަންކަންކޮށް، އިސްލާހްކުރުމަށް އެކަށީގެންވާ ވަގުތު ކޯޓުތަކަށް ލިބިފައިިވާ ކަމަށެވެ. އަދި ހެޔޮނިޔަތުގައި ހުށަހަޅާ ހުރިހާ ހިޔާލަކާއި، ކުރާ ހުރިހާ މަސައްކަތެއް ވެސް ބަލައިގަންނާނެ ކަމަށާއި، އަދި އެފަދަ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ވެސް ދޭނެ ކަމަށް ރިފްއަތު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އެކު ކްރިގްލާ ބޭއްވެވި ބައްދަލުވުމަށް އިޝާރާތް ކުރައްވާ ސުޕްރީމް ކޯޓުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެބައްދަލުވުމުގައި އޭނާގެ ވާހަކަފުޅު ހުރީ ޝަރުޢީ ދާއިރާއާ މެދު ނަފްރަތާއި ތަޢައްޞުބުން ފުރިގެންވާ ގޮތެއްގައިކަމާއި، ފަނޑިޔާރުގެ އިޞްލާޙުކޮށް ތަރައްޤީކުރުމާ ބެހޭގޮތުން ޝަރުޢީ ދާއިރާގެ ވިސްނުން އޮޅުންފިލުވުމުގެ އެއްވެސް ޝައުޤުވެރިކަމެއް އޭނާގެ ކިބައިގައި ނެތްކަން، އޭނާ ޢަމަލު ކުރެއްވި ގޮތުން ކަށަވަރު ވެގެންދިޔަ ކަމަށެވެ. އަދި އޭނާގެ ވާހަކަފުޅު ހުރީ ޙަޤީޤަތާ ޚިލާފު މަޢުލޫމާތުތަކެއްގެ މައްޗަށް ބުރަވެވަޑައިގެން، ވަކި ނަތީޖާއެއް ޙާޞިލު ކުރެއްވުމަށް މަސައްކަތް ކުރައްވާ ގޮތަށް ކަމަށާއި ބައިނަލްއަޤުވާމީ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅަކު، ފަނޑިޔާރުގެއަށް ވިޔަސް އަދި ދައުލަތުގެ އެހެން ބާރަކަށް ނުވަތަ އިދާރާޔަކަށް ވިޔަސް ބިރު ދައްކައި އިންޒާރުކުރުމަކީ ދިވެހި ދައުލަތުގެ ކަރާމަތާއި ހައިބަތަށް އިޙްތިރާމް ކުޑަކުރުމުގެ ޢަމަލުތަކެއްކަމުގައި މެނުވީ ނުވާނެކަމަށް ސުޕްރީމް ކޯޓުން މިއަދު ވިދާޅުވިއެވެ.

"ދިވެހި ދައުލަތަކީ ދުސްތޫރީ ގޮތުން ބާރުތައް ވަކިކުރެވިފައިވާ، އަދި ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ ބާރު މިނިވަން ކުރެވިފައިވާ ދީމިޤްރާޠީ އަދި ޤާނޫނީ ދައުލަތެކެވެ. މި ދައުލަތުގެ ކަންކަން ހިނގާންވާނީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތަށެވެ. ޤާނޫނުއަސާސީން މިނިވަން ކޮށްދީފައިވާ ފަނޑިޔާރުގޭގެ މިނިވަންކަން ގެއްލި، އެއިރަކު ބާރުވެރިކަން އޮންނަ ފަރާތްތަކުން ކޯޓުތަކުގެ މައްޗަށް އެކި ގޮތްގޮތުން ނުފޫޒު ހިންގުމުގެ ޘަޤާފަތެއް ދިވެހިރާއްޖޭގައި އުފެދިގެން ދިޔުމަކީ، ޤާނޫނުގެ ޙުކުމް ނަގަހައްޓައި، މިނިވަންކަމާއެކު ޢަދުލުއިންޞާފު ޤާއިމުކޮށް، ދީމިޤްރާޠީ މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތް މުޅީން ހަލާކު ވެގެން ހިނގައިދާނެ ކަމެއްކަން ކަށަވަރެވެ." ސުޕްރީމް ކޯޓުން މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މަދީޙު

    ފަނޑިޔާރުން އަމިއްލަޔަށް ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށް ހެރުނީ.

    52
    14
  2. ވވވ

    ކޮން ކުރިގޮޅައެއްތަ މީނާ ބޭރުކުރަން ރައްޔިތުން ނިކުންނަން ވީހެން ހީވޭ އެބަ

    76
    6
  3. ހަފުސް

    ކޮން ކުރިގޮލައެއްތަ އަލިފު ދާލެއް ކިޔާނެ ކަމެއް ނެތް މިތާ އިސްލާމީ ޝަރީއަތް ގާއިމް ކުރޭ.....ފަރަން ޖީން ހިތްރުއްސާކައް ނުޖެހޭ ކޮން ޑިމޮކުރެސީއެއްތަ
    މާތްﷲ ގެ ސަރީއަތް ގާއިމް ނުކުރާހާ ހިނދަކު ހަމަ އަތައް ގޮވަގޮވާ ތިބެންޖެހޭނީ ކަލޯ މެނައް ހޭއަރަނީ ނުބައި ބައްޔެތް ޖެހުނީމަ
    ވައްﷲއައުލަމް

    48
    2
  4. ޕިސްޕިސް

    މިފަހަރު މިގައުމުގެ ހުރިހާކަމެއް އިސްލާހުވާނެ ވަރައް ރަނގަޅައް އެންމެން ތިބޭ އަލަކައިގެން

    43
    2
  5. ސިއްރު

    ޓަކިޖަހަނީ ނުރައކަލުގަ އެސް ސީ ގެ އަމުރެއް ސަރުކާރުގެ މައްޗަށް ނެރެނވޫ

    25
  6. Anonymous

    ލާދީނީ ކަން ކަން މި އިތުރުވަނީ. ދިރިތިބި ބަޔަކައް ފެންނާނެ

    46
    2
  7. ރިހާބް

    ރިފްއަތު ވަނީ ޖީއެމްއާރު އިން އެއްމިލިއަން ޑޮލަރ ގެ ރިސްވަތު ހިފާއި، އެހެންވީމަ ޖީއެމްއާރު ގެދިފާއު ގައި މި ހިޔާނަތްތެރިޔާ ވާހަކަ ދައްކަނީ އަދި ފަނޑިޔާރުން ގޯސްކުރަނީ

    12
    2
  8. ޖީއެމްއާރް ބޯއީ ރިޝްވަތު ބޮނޑި / އިސްތިއުފާ

    މަނިއްޕުޅަށް މީހުންގެ އިތުބާރު އުތުރި އަރަނިކޮށް ތިވިދާޅުވި ވާހަކައިން އެ އިތުބާރު އިތުރުވެ ކޯދުލާ އޮހޮރެން ފަށައިފި. ހެހެހެ

    10
    1
  9. މަހޭޝް

    ދެން އަތްޖަހަގަ
    ކޮން ކުނަފަޅަކިޔާ ބައެއްތަގަ.
    ޖުޑިޝަރީވެސް ގޯސް
    ސަރުކާރުވެސް ގޯސް

    15
    1