މަޖިލިސް ރައީސް މުހައްމަދު ނަޝީދު، ޖޭއެސްސީއަށް މިއަދު ހުށަހެޅުއްވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، އެމަނިކުފާނަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް އެއް މިލިއަން ޑޮލަރު ނެންގެވި މައްސަލައެއް ކަމަށް "ވަގުތު"އަށް އެނގިއްޖެއެވެ.

އެނގިފައިވާ ގޮތުގައި، ފަނޑިޔާރު އަބްދުﷲ ދީދީ އެ ފައިސާ ޖަމާކުރައްވާފައި ވަނީ ރާއްޖެއިން ބޭރުގައި ހުންނަ އެމަނިކުފާނުގެ އަނބިކަނބަލުންގެ އެކައުންޓަކަށެވެ. އަދި އޭސީސީން އެ މައްސަލަ ބަލަމުން ގޮސް، އެ މައްސަލަ ކުރިއަށް ނުގެންދެވި ވަނީ ރާއްްޖެއިން ބޭރުގެ ބޭންކެއްގެ އެކައުންޓަށް ފައިސާ ޖަމާ ކޮށްފައިވާތީ ކަމަށްވެސް އެނގިފައިވެއެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ހައިސިއްޔަތުން އޭރު އެ މައްސަލަ ބެއްލެވި ފަނޑިޔާރަކީ ވެސް ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. ރައީސް ނަޝީދަށް 13 އަހަަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހުއެވެ.

މަޖިލީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަިއ އަމީންއާންމު ނިއުޝާ ވިދާޅުވީ ޖޭއެސްސީއަށް ހުށަހެޅި މައްސަލަ އަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފްވެފައިވާ ފަނޑިޔާރެއްގެ މައްސަލައެވެ.

" މީގެ އިތުރުން ޖޭއެސްސީއިން ބަލާ މައްސަލަތައް މިހާރު ގޮސްފައިވާ ހިސާބާއި، ބަލަމުންދާ މައްސަލަތައް އާންމުންނަށް، މީޑިއާމެދުވެރިކޮށް އެނގޭނެހެން ހާމަކުރުމުގެ މައްސަލައެއް ވެސް ފޮނުއްވި" ނިއުޝާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ފޭކް މީހުން

    މީތި ބްރޭކިން އަށް ނުވީ ކީއްވެ.

    18
    3
  2. ސައުދު

    ތީ ހުސްރޯބުހުތާން ދޮގު ތީނަތީ ޒާތީ ހަސަދައެއް ފިލުވާލަނީ ، ޑީޑީ އަކީ ވަރަށް އިޚުލާސް ތެރި ނަޒަހައި ތެރި ބޭފުޅެއް ، އަންނި ހީނުކުރާތި ކަލެއަށްވެސް ސަލާމަތެއް އޮތްހެން ، މި ގައުމުގެ ކުރިޔަށް އޮތްތަނުގެ އުއްތަމަ ފަޑިޔާރަކީ ޑީޑީ ، އެދުވަހު ކޮންތާކަށް ވަންނާނީ

    39
    21
    • އަލި

      ކޮންތާކު ވަރަށް ހަޑި މުޑުދާރު މީހެއް ތީ

      9
      10
  3. Anonymous

    މިލިޔަން ޑޮލަރު ނަގައިގެން ހުކުމް ކުރަންޖެހެނީ ރައީސު ނަޝީދަކީ ކުށެއްނުކުރާ ބޭފުޅަކީތ؟؟ ޢެމަނިކުފާނު ގާޒީ ޢަބުދުﷲމުޙައަމަދު ރަހީނުކޮށްގެންެު އުޅުނީ ފާޅުގާ މުޅިދުނިޔެ ކުރިމަތީގަ ނޫންަ؟؟

    66
    16
  4. ރޭރު

    މީހުންގެއަބުރުކަތިލަންވެއްޖެއްޔާ މިވަރެއްނޯންނާނެ އެކަމައްތީ ނަންބަރު1

    21
    2
  5. އީޖާބޭރާއްޖެ

    އަދިވެސް ތިބާާޔަށް ރައީސް ނާސިރު ދެކުނަށްްް ނިސްބަަތްވާ މީހުންނަށް އިތުބާރުނުކުރަށްވާ ސަބަބު އެހެން ނޫންނަމަ ތިބާޔަށް ތިިޔަަ ހުކުމް ކުރަށްވާނެ ބޭފުޅަކު މިގައުމުގައެއް ނުހުންނާަނެ ވިސްނާވަަޑައިގަންނަވާ މުސްތަގްބަލް އާދޭތަރޭގަ އެެބޭފުޅުންބައްލަވާނެ މާލޭގެ ނެރުންވަަންނަ އިރަށް ކުރައްޕެއް ކަތިލައިގެންނަމަަވެސް ކޮންމެވެެސް ދީދީިއެއްް ނަަމުގެ ފަހަތަށް ލާާނެ އަަލިބެއްޔާގެ އަހަންމާކަލޯގެ އިނބބުރާާހިމްކަލޯދީީދީ ވީމާ ވިސްްނަވާ

  6. ދދދދދދ

    ރިޝްވަތު ދޭން ޖެހޭނީ ނުކުރާ ކުށަކަށް ހުކުމް ކުރަން. ދިމާއަށް ފެންނަން ހުރި ބޮޑު ޓެރަރިސްޓަކަށް ހުކުމް ކުރަން ރިޝްވަތު ދިނިއްޔާ އެވާނީ މޮޔައަކަށް.

    28
    4
  7. ދެމިޔަކަން

    ބެލީމަވެސް ސިފަވޭ މުޑުދާރުމީހެއްކަމަށް

    6
    20
    • Anonymous

      ނަޝީދު ދޯ؟ އެއްބަސް.

  8. ވިނިވިޑިވިސި

    ނަޝީދަކީ ވަރަށް މަކަރު ހީލަތްތެރި މީހެއް. މިސްރާބުހުރީ ނަޝީދަށް ބޭއިންސާފުން ޝަރީއަތްކޮށް ހުކުމް އިއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ހައްގު ގެއްލުވާލާފަވާކަން ދެއްކުން. ދެން ތެޅިގަންނާނީ 2018 ވަނަ އަހަރުގެ އިންތިހާބަކީ ބާތިލް އިންތިހާބަކަށް ހަދާ އަވަސް އިންތިހާބެއް އެންމެ އިންސާފުވެރި އިންތިހާބޭ ކިޔާ ބޭއްވުމަށް މަޖުބޫރަކަށް ދިއުން. އިންތިހާބުގައި ވާދަކުރަން ނަޝީދު ކުރި އެންމެ ފަހު މަސައްކަތް ނާކާމިޔާބު ކޮށްލީ އިބޫއާ ޔާމީން ގުޅިގެން ހެދި ޑީލަކުން ކަމަށްވާތީ ނަޝީދު މިހާރު ބޭނުންވަނީ އިބޫގެ ކިބައިން އޭގެ ބަދަލު ނަގާ ބޭރުކޮށް ތަހުތަށް ވެޑެން

    23
    3
  9. ދދދދދދދ

    ރިޝްވަތު ދޭން ޖެހޭނީ ނުކުރާ ކުށަކަށް ހުކުމް ކުރަން. ދިމާއަށް ފެންނަން ހުރި ބޮޑު ޓެރަރިސްޓަކަށް ހުކުމް ކުރަން ރިޝްވަތު ދިނިއްޔާ އެވާނީ މޮޔައަކަށް. ރިޝްވަތު ދީގެން އުޅެނީ ޓެރަރިސްޓް މީހާގެ ހުކުމް ބާޠިލު ކުރަން. އޮޅުވާލަން އުޅޭނެ ކަމެއް ނެތް.

  10. ދދދދދ

    ބާރެއް ލިބުނީމަ ތިމާގެ އަމިއްލަ މަސްލަހަތު ހުރި ކަންކަމައިގެން އަވަދި ނެތި އެއްކަލަ ކަލޭގެ ތެޅިބާލައިގަތީ. ބަދަލު ހިފުން ނޫން ގޮތެއްގަ ބާރު ބޭނުން ކުރަން އެފަކީރަކަށް ނޭނގޭނެ. ރީނދުސްތާނުން ހަމްދަރުދީ ނުވިޔަސް އަހަރުމެން އެސޮރާމެދު ހަމްދަރުދީވެސް ވަން.

  11. ހުސޭނުބޭ

    ހަސައެއް ފިލުވާލަނީ! ތިމާއަކީ ކުށެއް ނެތް މީހެއްކަމަށް ދެއްކެން ތެޅެބާލަނީ!

  12. ދޮންކަލޯ

    ޕެންޑާ ފަންޑްކުރީ އަދި ފަޅާ އަރުވަނީވެސް ޕެންޑާ މިކަމުގައި ފައިދާ ނަގަނީވެސް ޕެންޑާ

  13. ޖުމާ

    ތީހަމަ ބާރެއްލިބުމުން ބަދަލުހިފުމުގެ ރޫހާ ޒާތީ ހަސަދައާ ފިލުވާލަނީ. 13 އަހަރުގެ ޖަލުގެ ޙުކުމް ކުރީ ސަޖިދާގައި ޒިކުރު ކުރަން އޮއްވާތަ. ގާޒީ އަކު ވަގަށް ނުނަގަންތަ؟ ނަޝީދުގެ ދެން މަޖްލީސް ގެ ރައީސްކަން ލިބުނީމަ ހީވަނީ ހާކުކުޅަކަށް ގާބިހެއް އެޅިގެން އުޅޭހެން. ނަޝީދު ކުރި ހުރިހާ ނުރަނަގަޅު ކަނތއްވެސް ރޫޅާ އަލުނ ްޝަރީޢަތް ކުރަންވީނު.ވަކި ބަޔެއްގެ ޝަރީޢަތް ކުރަން ނިކުމެގެން ތިއުޅެނީ ކީއްވެ؟

  14. މުޖޫ.

    މިމީހުން ދުވަހަކުވެސް ދުއްކަމެއްނޫން. ވެރިކަމުގެ ލައްޒަތާއި އާރާއި ބާރާއި ޝާނާއި ޝައުކަތު ލިބުނީމާ ހެދޭ ނެހެދޭ އެއްޗެއްނޭނގިގެން މިއުޅެނީ.އަތުން ފައިން ހަދަނީ ގޯސްތިބެގެން.ރިޝްވަތު ދިނުމާއި ފަސާދައާއި ދޮގު ބުހުތާނަކީ އަބަދުވެސް އެމްޑީޕީގެ އެއްޗެއް. މަކަރާއި ފަސާދައާއި ދޮގު ބުހުތާނު ރައްޔިތުންނަށް ވިއްކައިގެން ރައްޔިތުން ގުނބޯހައްދައިގެން އައިސްތިބިމީހުންގެ ފަތިފުއް. ރައްޔިތުންނަށް މާލަހެއްނުވެ އެނެގޭނެ. އޭރުން އޮންނާނީ ކަންނިމިގެންގޮސްފަ.