މީގެ ގާތްގަނޑަކަށް 19 އަހަރުގެ ކުރިއެވެ. އިންޑިއާއަށް ނިސްބަތްވާ ބާލު (ބަލަސުބްރަމަނިއަން ތަންގަރަސޫ)، ސަރުކާރުގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ އެސްޓީއޯއާ ގުޅުނެވެ. އޭނާ އެތަނުގައި ވަޒީފާ އަދާ ކުރަން ފެށުމާއެކު މާގިނަ ދުވަހެއްނުވެ ހިތްޖެހުނެވެ. އޭނާގެ ވާހަކަތަކުން އެނގޭ ގޮތުގައި، އޭނާ އެ ކުންފުނީގައި މަސައްކަތް ކުރަނީ ވަރަށް ހިތްހަމަ ޖެހިގެން, އަދި އިތުރަށް ކުރިއަށް ދިއުމުގެ އަޒުމުގައެވެ. އޭނާ ބުނާގޮތުގައި އެސްޓީއޯއަކީ ބޮޑު އެއް އާއިލާއެކެވެ. އުފަލުގަވެސް ހިތާމައިގަވެސް އެންމެ ކައިރީގައި ހުންނަނީ މި އާއިލާއެވެ. ޕްރޮކިއުމެންޓް ކްލިއަރެންސްގައި މަސައްކަތް ކުރަމުންދާ ބާލުބުނި ގޮތުގައި، އޭނާ އެސްޓިއޯއާ ގުޅުނީ 2004 ވަނަ އަހަރުގައެވެ.ކިޔެވުން ނިންމާލުމަށްފަހު އޭނާ އެންމެ ފުރަތަމަވެސް ދިޔައީ ސައުދި އަރަބިއްޔާއަށެވެ.…