މެލެޝިއާގެ ރެސްޓޯރެންޓެއްގައި އިންދާ މަޝްހޫރު ވިޔަފާރިވެރިޔާ ރަފީއުއްދީން ނަސީމުއަށް ފެންނަނީ ވެއިޓަރެއްގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ރޮބޮޓެކެވެ. އޭނާ ދެން ބޭނުންވީ ރޮބޮޓް ބޭނުންކޮށްގެން ރާއްޖޭގައި މިފަދަ ގޮތަކަށް ހިދުމަތް ދެވިދާނެތޯ ބެލުމަށެވެ. އެ މަސައްކަތައިގެން އޭނާ ކުރިއަށް ޖެހިލިއެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް ގޮސް މިހާރު އެކަން ހަގީގަތަކަށް ހަދައިފިއެވެ. ޒިއޯން މޯބައިލްސް އާއި ހުޅުމާލޭގައި ހިންގާ އޯޝަން ބަބްލްސް ކެފޭގެ ހިންގަމުން އަންނަ ރަފީއުއްދީން މާލޭގެ މަޖީދީ މަގު (ހެންވޭރުކޮޅު ކުރީގެ އުރީދޫ) ހިންގި އިމާރާތުގެ އެންމެ ތިރީ ފަންގިފިލާފައި މިރޭ ހުޅުވާ ކެފޭގައި ވެއިޓަރެއްގެ ގޮތުގައި ހިދުމަތް ދިނުމަށް އެ ހުރީ ރޮބޮޓެކެވެ. މި ކެފޭގެ އެތެރެއަށް ވަދެގެން ދާއިރު،…