މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އައްޑޫ އިކިއުޓޯރިއަލް ހޮސްޕިޓަލު ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވެފައި ވަނީ ސ. ހިތަދޫ، މަބްރޫކްގޭ މުހައްމަދު އަހްމީމް (40)އަށެވެ. މި އެކްސިޑެންޓު ހިނގާފައި ވަނީ ދުއްވާފައި އައި ކްރޭން ޕިކަޕެއް ކޮންޓްރޯލް ނުވެގެން ގޮސް މަގުމަތިން ހިނގާފައި ދިޔަ އަހްމީމްގެ ގައިގައި ޖެހިގެންނެވެ. އެންމެ ފުރަތަމަ އަހްމީމްއަށް ފަރުވާދީީފައި ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް ބޮލާއި ހަށިގަނޑުގެ އެތަންމިތަނަށް އަނިޔާވެފައި އޮތް އަހްމީމްއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފައި ވަނީ އެކްސިޑެންޓު ހިނގި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އަހްމީމްގެ މަންމަ އާމިނަތު އަހުމަދު "ވަގުތު"އަށް ބުނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ…