Last Updated: October 1, 10:28
Saturday, October 1, 2022
ޚަބަރު

ހަތަރު ރަށެއްގެ ބައި އިލެކްޝަންތައް ކުރިއަށް

ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ށ. މާއުނގޫދޫ، ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫގައި ބާއްވާ ބައި އިލެކްޝަންތަކުގެ ވޯޓުލުން ފެށިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، މި ބައި އިލެކްޝަންތަކުގެ ވޯޓުލުން މިއަދު ހެނދުނު 08:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށް ކުރިއަށް ދާނެ ކަމަށެވެ.

މި ބައި އިލެކްޝަންތަކަކީ ށ. މާއުނގޫދޫ ކައުންސިލް މެމްބަރު އިންތިހާބު ކުރުމަށާއި، ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންތަކެކެވެ.

މި ބައި އިލެކްޝަންތަކުގައި ޖުމުލަ 6 ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ.