Last Updated: October 4, 09:02
Tuesday, October 4, 2022
ޚަބަރު

މަރަދޫގައި ޔޫތު ސެންޓަރެއް ހަދަނީ

އައްޑޫ މަރަދޫގައި ޔޫތު ސެންޓަރެއް ހަދަން ނިންމައިފި އެވެ.

ޔޫތު މިނިސްޓްރީން ބުނީ އެ އަވަށުގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރެއް ހަދައިދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 6 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމް ހުށަހެޅުމާއި ހުޅުވުން އޮންނާނީ އެ ދުވަހު ހެނދުނު 10:30 ގައި ޔޫތު މިނިސްޓްރީގަ އެވެ.

މިނިސްޓްރީން ވަނީ ޔޫތު މަރަދޫ ޔޫތު ސެންޓަރާ ގުޅޭ މައިގަނޑު މުހިއްމު މައުލޫމާތުތަކާއި އެތަނުގެ ލޭއައުޓް ވެސް ގެޒެޓްކޮށްފަ އެވެ.