ރިޗާޑްސަން ރެއިސް ސަންތޯސް އަކީ މިހާރު ގިނަ ދިވެހީންގެ ހިތް އަތުލައިފައިވާ މީހެކެވެ. ހަމުގެ ކުލައިން ބަލާ ބެލުމަށް ދިވެއްސަކާ ވައްތަރު ގޮތެއް ހުރި ނަމަވެސް ރިޗާޑް އުފަންވީ ބްރެޒިލް އަށެވެ. ރިޗާޑްގެ އުފަން ގައުމުގައި މާ ބޮޑު މަގޫބުލުކަމެއް ނުލިބުނަސް، އޭނާއަކީ މިހާރު ރާއްޖޭގެ ތަރިއެކެވެ. ޓިކްޓޮކްގައި އޭނާ ގެނެސްދޭ ހެއްވާ މަޖާ ކަންކަން މިހާރު ދިވެހީން ބަލައިގެންފިއެވެ. ދިވެހި މާހައުލާ ދިވެހީންގެ މިޒާޖާއި ދިވެހީންނަށް ކަމުދާ ކަންކަން އޭނާ ވަރަށް ރަނގަޅަށް ދެނެގެންފިއެވެ. "ދިވެހި ފެނަށް" ރިޗާޑް ދިރިފައިވާ އިރު ރިޗާޑްއަކީ ކާކު ކަމާއި ކީއްކުރާ މީހެއް ކަން އަދި ރާއްޖެ އައީ ކިހިނެއްތޯ ބަލަން ގައިމުވެސް ގިނަ ދިވެހީން ބޭނުންވާނެއެވެ. ރިޗާޑް…