(ހއ. އިހަވަންދޫ) އަހަރުމެންގެ މި ކުޑަ ރާއްޖެއަކީ ޒަމާނުއްސުރެ އެކި ކަހަލަ ސްޓައިލަށް ހެދުން އެޅުމަށާއި ރީތިވުމަށް ލޯބި ކުރާ ބަޔަކު ދިރިއުޅެމުންދާ ގައުމެކެވެ. ގިނަ ފަހަރަށް ޒީނަތްތެރިވެ ނަލަ ހެދިލައިގެން ފެންނަނީ އަންހެން ވެރިން އުޅޭ ތަނެވެ. ހާއްސަ ހަފްލާތަކަށް މޭކަޕްކޮށް ޒަމާނީ ވައްޓަފާޅިއަށް ހެދުން އެޅުމަކީ ގިނަ ބަޔަކު ލޯބި ކުރާ ކަމެކެވެ. ރާއްޖެއަކީ ކަން ކަމަށް ގާބިލު ހުނަރުވެރި އެތައް ބަޔަކު އުޅޭ ގައުމެކެވެ. މީގެ ތެރެއިން ބައެއް މީހުންނަކީ އެމީހުންގެ ހުނަރު ގިނަ ބަޔަކަށް ދައްކާ މަޝްހޫރު ކަން ހޯދާފައިވާ މީހުންނަށްވާ އިރު އަނެއްބައި މީހުންނަކީ ފަރުދާގެ ނިވަލުގައި އެމީހުންގެ ހުނަރު ދައްކާ މީހުންނެވެ. ގިނަ ބައެއްގެ ލޮލުގައި އަޅައިނުގަނެ…