މާލޭގައި ދާދި ފަހުން ހުޅުވި "ޔޫތު ބަޒް"އަކީ ޒުވާނުންނަށް ކަމުދާ އެތައް ރަހަތަކަކާއެކު ހުޅުވި ތަފާތު، ހިތްގައިމު ރެސްޓޯރެންޓެކެވެ. އެތަނުގެ އިންޓީރިއާ ޑިޒައިނުން ފެށިގެން ކާ ތަކެތީގެ މީރު ރަހަތަކާއި ޚިދުމަތުގެ ފެންވަރަށް ބަލާލިޔަސް ހައްތަހާ ވެސް ހުރީ ހިތްހަމަޖެހުން ލިބިދޭ ކަންކަމެވެ. ތަނުގެ ހަމަހިމޭންކަމާއި ސާވިސްގެ ފުރިހަމަކަމާއެކު ތަނަށް އިތުރު ދިރުމެއް ގެނެސްދެނީ އެތަނުގެ ޚާއްސަ ކޮފީގެ ޒަރީއާއިންނެވެ. ޔޫތު ބަޒްގައި މަސައްކަތް ކުރާ އުމުރުން އެންމެ 20 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ)އަކީ ވަރަށް ތަފާތު ހުނަރެއް ލިބިފައިވާ ނޫކަށިފުރައިގެ ޒުވާނެކެވެ. ދިވެހިންގެ ޒިވާނުން އެ ބުއިމަކަށް ލޯބިކުރާ ކޮފީ، އެކި ގޮތް ގޮތަށް ތައްޔާރުކޮށްލުމަކީ ޝިއާއަށް ފަސޭހަކަމެކެވެ. ފުވައްމުލައް ސިޓީއަށް…