2003 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގައި ސިޔާސީ "އިސްލާހީ ހަރަކާތް" ފެށިގެން އައިއިރު އެންމެ ގިނަ ބައެއްގެ ހާއްސަކޮށް ތައުލީމީ ޒުވާނުންގެ ހިތުގައި ވަރަށް ބޮޑު ޝަކުވާއެއް އޮތެވެ. ކިތައްމެ ވަރަކަށް ތައުލީމް ހާސިލް ކުރި ނަމަވެސް މަތީ މަގާމުތަކަށް އަރަން ހުރަސްތައް ހުރިކަމުގެ ޝަކުވާއެވެ. ވަކި އާއިލާ އަކަށް ނިސްބަތް ނުވާނަމަ، ނުވަތަ ކޮންމެވެސް ބޮޑަކާއި ގާތް ގުޅުމެއް ނެތްނަމަ ރަނގަޅު ވަޒީފާއެއް ވެސް ނުލިބޭ ކަމުގެ ޝަކުވާ ބޮޑެވެ. ރައްޔިތުން ނިކުތީ އެކަން ބަދަލު ކުރާށެވެ. 2008 ވަނަ އަހަރު ވެރިކަން ބަދަލުކުރި އެއް ސަބަބަކީ ހަމަހަމަ ފުރުސަތުތަކެއް ހޯދަން ރައްޔިތުން ދެކެމުން ގެންދިޔަ ހުވަފެންތަކެވެ. މިއަދު އޭގެ 12 އަހަރު…