ދެ ޢީދު ދެދުވަހު އެކަކު އަނެކަކު ގަޔަށް ފެން ޖަހާ، ކުލަ ޖަހާ ހެދުމަކީ ދިވެހިން އެންމެ އިހުއްސުރެ ކުރަމުން އަންނަ ކަމެކެވެ. ދިވެހި ޘަޤާފަތުގެ ތެރެއިން މިއަދާއި ހަމައަށްވެސް އައިސްފައިވާ ކަމެކެވެ. އެހެންނަމަވެސް ހައްދުންމަތީ ފޮނަދޫގައި މިކަން އޮންނަނީ މުޅިން ތަފާތު ގޮތަކަށެވެ. ޢީދު ދުވަހު ފެނެއް ނުޖަހައެވެ. ކުލައެއްވެސް ނޫނގުޅައެވެ. މިރަށު މިކަމަށް އޮންނަނީ ވަކި ހާއްސަ ދުވަހެކެވެ. އަތޮޅުގެ އެހެން ރަށްތަކާއި ޚިލާފަށް ހައްދުންމަތީގެ ވެރިކަން ކުރާ ރަށް ކަމުގައިވާ ފޮނަދޫގައި ފެނާއި ކުލަ ޖެހުމަށް އޮންނަ ހާއްސަ ދުވަހަަށް ކިޔަނީ "ފެންކުޅި ޢީދު ދުވަސް" އެވެ. ފޮނަދޫ ބަހުން ނަމަ "ފެންކޮޅި ޢީދަ ދޮހާ" އެވެ. ފޮނަދޫގައި މި ދުވަސް…