"މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމުގެ ހައްގުގައި ތިޔަބޭފުޅުންގެ ތިޔަ ނިކުމެވަޑައިގަތުމަށް އައްސަރިބަހާއި ސާބަސް ދަންނަވަން،" ކާނިވާ ސަރަހައްދަށް ރޭ އެއްވެފައި އޮތް މީހުންނަށް އިޝާރާތް ކުރައްވައި ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. ފޯރީގައި ރެލީތަކުގައި އާންމުކޮށް ވާހަކަ ދައްކަވާ އަބްދުއްރަހީމް ފެންކަޅިވި އެއް ސަބަބަކީ މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަޑައިގެން ނެތުމުން އެކަމުގެ ފަޅުކަމުންނެވެ. ކާނިވާ ސަރަހައްދު ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ފުރާލިއިރު، ދެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންނާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ތިއްބެވީ ސަފުތައް ހަދައިގެން އެންމެ ކުރީގައި ކޮޅަށެވެ. އިށީންނާނެ ގޮނޑިއެއް ނެތުމުގެ…