މަޝްހޫރު އަދީބު ހުތް އަލި ދީދީއަށް ހޫރު ކާފަ ކިޔުމުގެ ފަޚުރު ލިބިފައިވާ އުމުރުން 20 އަހަރުގެ ހުސެއިން އަރުބާން ފައްވާޒަކީ ޅ. ނައިފަރަށް އާ މޫނެއް ނޫނެވެ. އެއީ ގަދަރުވެރި އާއިލާއަކަށް އުފަންވި، ފަސްބައި ސާފު ޒުވާނެކެވެ. ބަފައިފުށް އަދި މައިފުށުގެ އާއިލާވެސް ބޮޑުއިރު، އެއީ ދާއިރާގެ ގިނަ ބައެއްގެ ލޯތްބާއި ގަދަރާއި އިހްތިރާމް ހޯދާފައިވާ ގަދަރުވެރި ބައެއްގެ ތެރެއިން ނިކުތް ހުނަރުވެރި އެކެވެ. އުމުރުން ހަގަސް، ތޫނުފިލި، އަދި ހިންގުންތެރި މޭސްތިރިއެކެވެ. އެންމެންނާއިވެސް ގުޅޭ ވަރުގަދަ ޝަހްސިއްޔަތެއްގެ ވެރިއެކެވެ. ކުޅަދާނަ ލީޑަރެކެވެ. އަދި ސިޔާސީ އޮއިވަރަށް ފަރިތަ، އެ މަސައްކަތްތައް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމުގައި ހަރަކާތްތެރިވި ނޫސްވެރިއެއްވެސް މެއެވެ. ދޫހެލޭ ޕްރެސެންޓަރެއްވެސް މެއެވެ.…