(ފުވައްމުލައް ސިޓީ) އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އިންނެވި މޯލްޑިވިއަންގެ ފްލައިޓް މި ސިޓީގެ އެއާޕޯޓުގައި ޖެއްސި އިރު، އެއާޕޯޓަށް ވަންނަ ދިމާލާއި އެއާޕޯޓާ ޖެހިގެން އޮންނަ ރިންގްރޯޑްގައި ސަފު ހަދާލައިގެން ކުދި ބޮޑު ގިނަ ބަޔަކު އެއްވެ ތިބިއެވެ. ފެއްސާއި ހުދާއި ރަތުގެ ގައުމީ ދިދަ އާއި ޕީޕީއެމްގެ ދިދަ އާއި މުއިއްޒުގެ ކެންޑިޑޭޓު ނަންބަރު ހަތަރެއް ހިފައިގެން އެމީހުން ތިބީ އެކަތިގަނޑެއްގެ ގޮތުގައެވެ. އެމީހުންގެ މޫނު މަތިން ފެނުނީ ވަރަށް ފޯރި އާއި ޖޯޝުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ނިންމަން ތިބި ތަނެވެ. "އަހަރުމެން އެންމެން މިތިބީ، ރައީސް ސޯލިހްގެ ވެރިކަން ނިންމަން. އަހަރުމެން ގޭގައި…