ނަމުގެ ކުރިޔަށް "ނިއު" ނެތް ނަމަވެސް ރޭޑިއަންޓަކީ ދިވެހި ކުޅިވަރުގައި ފާހަގަކޮށްލެވޭ ނަމެކެވެ. ރާއްޖޭގެ މަޝްހޫރު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ވުޖޫދުވީ 1979 ގައެވެ. އޭގެކުރިން ރޭޑިއަންޓަކީ ހެންވޭރަށް ނިސްބަތްވާ މަސްވެރިން އުފެއްދި ޓީމެކެވެ. އޭރު ރާއްޖޭގައި މަޝްހޫރު ހޮކީގައި ރޭޑިއަންޓަކީ ފާހަގަކޮށްލެވޭ ނަމެކެވެ. މަސްވެރިންގެ އިސްނެގުމުގެ މަތިން އުފެއްދި ހޮކީ ޓީމަކީ އޭރު މާލޭގައި އޮތް އެންމެ ވަރުގަދަ ޓީމެވެ. ނަމަވެސް ފަހުން އުފެދުނު މައްސަލަތަކާއި ހެދި ރޭޑިއަންޓް ވަޅުޖެހުނެވެ. ރޭޑިއަންޓް ކުލަބުގެ ތެރެއިން ދެން އުފަންވީ ނިއު ރޭޑިއަންޓެވެ. އޭގެފަހުން ކުލަބުގެ ހިންގުން ދިޔައީ ކުއީން އަހުމަދު ވަހީދުގެ އަތްމައްޗަށެވެ. މިހާރު ނިއުރޭޑިއަންޓަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުލަބެވެ. ނަމަވެސް ވުޖޫދުގައެއް…