(އދ. ދަނގެތި) މި ރަށުގައި ކުރިއަރަމުން އައި ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލައިގައި އާންމުން ރުޅިގަދަވެ، ތުހުމަތުގެ އިނގިލިތައް ފުރަތަމަ ދިއްކުރީ އެ ރަށުގައި ދިރިއުޅެމުން އައި އއ. ތޮއްޑޫ ބަޔަކަށެވެ. އެއީ ދަނގެތި ރައްޔިތުންނާ މުޅިން ވަކިން އުޅެމުން ދިޔަ ބައެކެވެ. ތިން މީހުން އެއް ގެއެއްގައި ދިރިއުޅެމުން ދިޔަ އިރު، އެމީހުންނާ މެދުގައި ދަނގެތި ރައްޔިތުން ހިތްހެޔޮ ނުވީ އެމީހުންގެ މާޒީއާ ހެދިއެވެ. އެމީހުންނަކީ ވައްކަން ކުރުމާއި މަސްތުވާތަކެތި ބޭނުން ކުރުމަށް "އަރާ ތިބި" ބައެކެވެ. އެ މައްސަލަތަކާ ގުޅިގެން އެމީހުން ތޮއްޑޫން ބޭލިއެވެ. ރަށަށް އެނބުރި އައިސްފި ނަމަ "ދުވަސް ދުއްވާލާނެ" ކަމަށް ބުނެ އެމީހުންނަށް ތޮއްޑޫން އިންޒާރު ދީފައިވެއެވެ.…