މިއަދު އިރުއޮއްސި 18:00 އާއިހަމައަށް ރާއްޖެ އިން އިތުރު 196 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މިއަދު ފައްސިވި މީހުންގެ ތެރެއިން 178 މީހުން ފައްސިވީ މާލެ އިންނެވެ. މީހުން ދިރިއުޅޭ އެހެން ރަށްތަކުން ހަތަރު މީހުން، ރިސޯޓްތަކުން 12 މީހުން، ސަފާރީތަކުން ދެމީހުން މިއަދު ފައްސިވިއެވެ.
މިއަދު ފައްސިވި މީހުންނާއި އެކު ރާއްޖެ އިން ފައްސިވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 19،793 އަށް އަރާފައެވެ.
ރާއްޖެ އިން ފައްސިވި މީހުންގެ ތެރެއިން 117 މީހުންވަނީ މިއަދު ބަލިން މުޅިން ފަސޭހަވެފައެވެ. މިހާތަނަށް މި ބަލިޖެހުނު މީހުންގެ ތެރެއިން ރަނގަޅުވިމީހުންގެ ޖުމްލަ ޢަދަދުވަނީ 17،249 އެވެ. މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުންދަނީ 2،475 މީހުންނެވެ. ކޮވިޑަށް ފައްސިވެފައިވާ މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން 179 މީހުންނަށްދަނީ ފަރުވާ ދެމުންނެވެ.
މިއަދު 196 މީހަކު ކޮވިޑަށް ފައްސިވީ 5142 މީހަކު ކޮވިޑަށް ޓެސްޓް ކޮށްގެންނެވެ.
ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 62 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 54 ދިވެހިންނާއި 8 ބިދޭސީންނެވެ.
ދެން ކިހިނެއް ހަދާނީ ދޯ. ކޮވިޑް ދިޔައިމަ ތި ކުރާ މުޒާހަރާތަކާއި ޕާޓީތައް ބާއްވަބަލާ. ނަމޫނާދައްކަން ތިބޭ މީހުން ގޭގަ މަޑުނުކޮށް އާންމު ރައްޔިތުން ތިބޭނެތަ.
ބުނެދެވޭނެތަ ކިތައްމީހުނައްކަން ތީގަ ވެކްސިން ޖެހިފަހުން ޕޮޒިޓިވްވީ؟
އެކަމުވެސް އޯކޭތާ އޮފީސްތަކާ ސަރުކާރު ކުންފުނިތަކުން އެޗްޕީއޭގެ އެންގުން ބޮލާލާ ޖަހާފަ ހުރިހާ މުވައްޒަފުން ނެރެގެން މަސައްކަތްކުރުވަނީ.. ވިޔަފާރިވެރިން އަމުރަށް ތަބާވެ 8 ޖަހާއިރު ހޮޓާ ކެފޭ ބޮޑު ތަޅު އަޅުވަންމިޖެހެނީ ނުކޮށްފިއްޔާ ޖޫރިމަނާ. ވަގުތުން ކަމެއްކޮށްދެންޏާ މި ޖަރީމާތައް ބޮޑު ސުރުހީގަ ފަޅާއަރުވާލަބަ ޕްލީޒް
ލޮކްޑައުން ކުރޭ.. ކާފިއު ވަގުތު އިތުރުކުރޭ
ތިވަރަކައް ނުޖެހޭ.
ނޫނޭ ތަފާސް ހިސާބު ދިމާނުވޭ