އައްޑޫ ސިޓީގައި މި ސަރުކާރުން އަޅާ ބްރިޖްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިލްޔާސް ލަބީބް ފޭސްބުކްގައި ފިލިޕީންސް ބްރިޖްއެއްގެ ފޮޓޯ ހިއްސާ ކުރެއްވުމުން އޭނާއަށް ގިނަ ބަޔެއްގެ ފާޑުކިއުން އަމާޒުވެއްޖެއެވެ.

އިލްޔާސްގެ ފޭސްބުކް އެކައުންޓުން ހިއްސާ ކުރާއްވާފައިވާ އެ ފޮޓޯއާއެކު ކުރެއްވި ޕޯސްޓްގައި ލިޔުއްވާފައިވަނީ އައްޑޫގެ މޭޔަރު ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރުގެ ބަސްކޮޅެކެވެ. އޭގައި ވަނީ މި ސަރުކާރާއެކު އައްޑޫގެ މުސްތުގްބަލް ފެންނަނީ ވަރަށް އުއްމީދީކޮށް ކަމަށެވެ.

މި ފޮޓޯ ހިއްސާ ކުރެއްވުމުން ގިނަ ބަޔެއްގެ ފާޑުކިއުންތައް އަމާޒުވުމުން އިލްޔާސް މިހާރު ވަނީ ފޭސްބުކްއިން އެ ފޮޓޯ ނަންގަވައިފައެވެ.

ފޭސްބުކްގައި އިލްޔާސް ލަބީބް ކުރައްވާފައިވާ ޕޯސްޓް

އެހެން ނަމަވެސް އެ ޕޯސްޓްގެ ސްކްރީން ޝޮޓް ފޮޓޯއެއް މިހާރު މީސް މީޑިއާގައި ދައުރުކޮށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އިދިކޮޅު ލީޑާޝިޕްގެ ބައެއް ބޭފުޅުން ވެސް ގެންދަވަނީ ޓްވީޓާއާއި ފޭސްބުކްގައި އިލްޔާސަށާއި ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިޚާބަކާ ކުރިމަތިވުމުން އަނެއްކާ ވެސް އެމްޑީޕީގެ އިސް ބޭފުޅުން ރައްޔިތުންނަށް "ހުވަފެން ދައްކަމުން" ދަނީ ކަމަށެވެ. އެ ގޮތުން ހިއްސާ ކުރެއްވި ފިލިޕީންސްގެ ފޮޓޯއަށް އިޝާރާތް ކުރައްމުން އައްޑޫއަށް މިހާރު ހުށަހަޅުއްވާ ކަންކަމަކީ ފިލިޕިންސްއިން "ކޮޕީ" ކޮށްފައިވާ ކަންކަންތޯ ސުވާލު ކުރައްވައިފައެވެ.

އިންތިޚާބުތަކުގައި އައްޑޫގެ އަޣުލަބިއްޔަތު އަބަދުވެސް ދީފައިވަނީ އެމްޑީޕީއަށެވެ. 2017 ގެ ކައުންސިލް އިންތިޚާބުގައި އައްޑޫގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއިން ކާމިޔާބުކުރިއިރު 2019 ގެ މަޖިލިސް އިންތިޚާބުގައި ވެސް އައްޑޫގެ ހުރިހާ ގޮނޑިއެއް އެ ޕާޓީއިން ކާމިޔާބު ކުރިއެވެ. އައްޑޫއަށް އެމްޑީޕީއިން ބޮޑެތި ވައުދުތަކެއް ހުށަހަޅާފައިވާއިރު އެއްވެސް ސަރުކާރެއްގައި އައްޑޫ ތަރައްގީއަށް މިހާތަނަށް މާ ބޮޑު މަސައްކަތެއް ކުރެވިފައި ތަނެއް ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަލީ

    މިވެރިންގެ ހަގީގަތް އެބަފެނެ.

    34
    1
  2. ރައްރިތުމީހާ

    އިލްޔާސް ލަބީބު މެނައް ކޮންކަމެއް އައްޑުއައް ކޮއްދެވުނީ ތިބެގެން މޮޅެތި ފޮޓޯތައް ލަނީ.
    ތީއަހަރުމެންވެސް ދެކޭ ތަންތަނޭ.

    43
    1
    • ވަރަށްސަލާން

      ކަލޯ އަށްޑޫމިހުން ގަޅި ހައްދާފަވެސް ގޮޑިތަށް ދަމާގަންނަން ޖެހޭނެ ތިޔަށްވުރެ ގަމާރު މޮޔަހެއްދޭ ބަޔަކު ނުތިބޭނެ ފޮޓޯއެއް ދައްކާލަފަ ބުނަންވީ ބުޖިޖް އެހެރީ އެޅިފަޔޭ މާދަމާ ފެންނާނެ ހަމަ ހެވި ދިލިފަ އަށްޑޫމީހުން ދުވެނަގާނެ މިވަރެއް ނެތިގެން މަހީކުރީ މިގައުމުގަތިބި އެންމެ ތަންދޮރު ދަންނަ ތަރަށްގީ އަށްޑޫ މީހުން ކަމަށް އެންމެ ގަމާރު މޮޔަހެއްދެނީ އަށްޑޫ މިހުން ބަލަންތިބެ މިފަހަރުވެސް ކައުންސިލް އިނތިހާބުގާ މޮޔަހައްދާފަ ބާތިއްބާނީ ރީދޫ ހުންޖައްސަފަ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްl

      35
      3
  3. ޒީރޯ ޓޮލަރަންސް

    ހަލޯ މިސްޓަރ ކޮޕީ ކެޓް. މިކަލޭގެއަށް ހީވީތަ އައްޑޫ މީހުންނަކީ ތަނެއް ދޮރެއް އޮޅުން ނުފިލާ ގަމާރު ބައެއް ކަމަށް.

    26
    4
  4. ޒާ

    އައްޑޫމީހިން ހަމަ އެހާގަމާރުކަމަށް އެމްޑީޕީން ދެކެނީތޯ އެފަދަ ފޮޓޯ ޖަހައިގެން ގުންބޯހައްދަނީ

    28
    2
  5. ޖ

    އިލްޔާސް ލަބީބު މެންނައް ކޮންކަމެއް މިާތަނައް ކޮއްދެވުނީ މަގާމާއިހެދި އުޅެނީ ދެންދިރިއުޅެނީ އަބަދު މާލޭގައި އުޅެނީ އަމިއްލަ ވިޔާފާރިއާ ހެދިއުޅެނީ އަހަރަކު އެއްފަހަރުވެސް ރަށައްދާމީހެއްނޫން ދެންކޮންރަށުގެ ހާލަތެއްއެގޭނީ އައްޑޫމީހުންނައްޖެއްށުންކޮފަ ފާޑުފާޑުގެ ފޮޓޯލިއުމުގެ ބޭނުމެއް ނެތް.

    28
  6. ނާސިރު ބުނިބަސް އެހިންތަ؟

    ދައުލަތުގެ ރިޒާވްގަ ހުރި ލާރިތައް އިގިރޭސް ވިލާތައް ކަޓުވާލީ

    27
  7. މަބޭ

    ސާކްސަމިޓްގަ ސިފައިންލައްވާ މަސަތްކތްކޮއްފަ ލާރިގެނިމީހެއް ތިޔަ ލަބީބަކީ މުޅިންވެސް މަކަރާހީލަތުން މިއުޅެނީ

  8. ތަކަންދޫ އަލި

    އެހެންނޫންތޯ ވާނީ މީހަކު މަޖްލީސް ކެންޕޭނުގަ ބުނާއަޑުއިވުނު ދެންތިމަންމަނިކުފާނުގެ އަތްދަށަކުންނެއް އައްޑޫގެރައްޔިތުންނެއް ސަލާމަތެއް ނުވާނޭ އެއީތެދެއްކަމައް ފެންނަނީ ހިތުހުރިގޮތެއް ހަދަމުން މޮޅުކަރާ ފަޅަމުން އެދަނީ