ވެރިރަށް މާލެއަކީ ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑަށް މީހުން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ އެއް ސިޓީއެވެ. ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އެންމެ ފަހުން ހާމަ ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީ އަކީ 5،57،426 އެވެ. ރާއްޖޭގެ އާބާދީގެ 40.2 ޕަސެންޓު މީހުން ދިރިއުޅެމުން ދަނީ ވެރިރަށް މާލޭގައެވެ. މި ތޮއްޖެހިފައިވާ ކާރުބާރު ބޮޑު މާލޭގެ މަލަމަތިން ރީތިކޮށް ހަދާފައިވާ ބޮޑެތި އިމާރާތްތައް ފެންނަން ހުއްޓަސް ދަތި ހާލުގައި ދިރިއުޅޭ ރައްޔިތުންނެއް މި މާލެއިން ވަކި މަދެއް ނޫނެވެ. މިފަދަ އެތައް ބައެއްގެ އުއްމީދާއި ގުޅިފައިވަނީ އެންމެ ކަމެކެވެ. އެއީ ސަރުކާރުތަކުން ފޯރުކޮށްދޭ ސޯޝަލް ހައުސިން ސްކީމުގެ ދަށުން ފްލެޓު…