ޓިކްޓޮކްގައި އެ ލަވަތައް އިވެމުން ދަނީ ބައިބަޔަށެވެ. ދިވެހިން އެ ލަވަތައް ބޭނުންކޮށްގެން ތަފާތު ވީޑިއޯތައް ކުޅެ އާންމު ކުރަމުން ދެއެވެ. މި ލަވަތަކުގެ ބައިތައް ލާތީ މީހުން، ލަވައެއްކޮށް ލިބިދާނެތޯ އަހާފައިވެސް އެބަ ހުއްޓެވެ. އެ ލަވަ ކިޔާފައިވާ ފަރާތެއްގެ އަޑުގެ ރީތިކަމުގެ ވާހަކަ އަބަދުވެސް ދައްކައެވެ. މި ދައްކަނީ މިހާރު ދިވެހިންގެ ތެރޭގައި އެންމެ ހިޓް ލަވަތަކުގެ ގޮތުގައި ފާހަގަކޮށްލެވޭ، "ޔާރާ"، އާއި "މަންމާ" އަދި "އެކަމެއް ނުވިޔޭ" ފަދަ ލަވަތަކުން ދިވެހިންގެ މަޤުބޫލުކަން ހޯދާފައިވާ ރ. އަލިފުށީ މުހައްމަދު ޝިފާއު 21އ، ގެ ވާހަކައެވެ. އޭނާ އަދި މިހާތަނަށް ރެކޯޑް ކުރީވެސް އެންމެ ތިން ލަވައެވެ. ޝިފާއު އަލަށް ލަވަތަކެއް ރެކޯޑްކޮށް،…