ޒިޔާދާ ނައީމްއަށް ގަދަކަމުން ޖިންސީ ގުޅުން ހިންގުން ނަވަތަ ރޭޕް ކުރުމާއި ސިއްހީ ހާލަތަށް ބެލުމެއް ނެތި ފިރިމީހާ އިބްރާހިމް ޝާހްގެ ފަރާތުން ލިބުނު އަނިޔާތަކުން މަރާ ހަމައަށް އައިއިރު ވެސް އޭނާގެ މައްޗަށް ދަށު ކޯޓުގައި ކުށް ސާބިތެއް ނުވިއެވެ. އެކަމަކު ހައި ކޯޓުގެ މަރުހަލާގައި "ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ" ސާާބިތުވާ ކަމަށް ކަނޑައަޅައި ޝާހްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. މިއީ އަނބިމީހާ ރޭޕް ކުރި ކަމުގެ ދައުވާ ސާބިތުވެއްޖެ ކަމަށް ޝަރުއީ މަރުހަލާގައި ސާބިތު ކުރި ފުރަތަމަ ފަހަރެވެ. އަދި އެއީ ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ދެވެން އޮތް އެންމެ ބޮޑު އަދަބެވެ. މި…