ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ އެންމެނަށް ހުރިހާ ޙައްޤެއް އެއްވެސް ތަފާތު ކުރުމެއް ނެތި ކަށަވަރު ކޮށްދެއްވާނެ ކަމުގެ ކަށަވަރުކަން ކޮންމެ ދުވަހަކު އެތައް ފަހަރަކު ދެއްވުމަށް ފަހުއެވެ. ނަމަވެސް މިއަދު އެމަނިކުފާނުގެ ވެރިކަމަށް 590 ދުވަސް ނުވަތަ އެއަހަރާއި 07 މަހާއި 12 ދުވަސް ފުރިހަމަ ވެގެން ދިޔައިރު، ހަމަހަމަ ތިލަފަތަކުން ޚިދުމަތްތައް ކިރާލާއިރު ފެންނަ މަންޒަރާއި ދެއްކެވި ވާހަކައިގެ ފަރަގު ވަރަށް ބޮޑަށް އެބަފެނެއެވެ. ހަމައެކަނި މުވައްޒަފުންގެ ޙައްޤުތައް ކަށަވަރު ކޮށްދެއްވުމަށް މިހާތަނަށް ކޮށްދެއްވި ޚިދުމަތްތަކާއި އެއިން ނިކުތް ނަތީޖާ އަށް ބަލާލަމާ ހިންގަވާށެވެ. ކޮވިޑް-19 އާއި ގުޅިގެން އެންމެ ބޮޑު ދަތިކަމަކާއި ކުރިމަތިލާން ޖެހިފައި ވަނީ ކުޑަ މުސާރައަކަށް…