އަހުމަދު ޝަރީފް (އަސްލު ނަމެއް ނޫން) އަކީ ރާއްޖެ އިން ކޮވިޑް-19 އަށް އެންމެ ފުރަތަމަ ޓެސްޓް ކުރި މީހުންގެ ތެރޭގައި ހިމެނޭ އެކަކެވެ. ރާއްޖޭގެ ދެކުނުގެ ރަށެއްގައި ދިރިއުޅޭ އަހުމަދު ރަށަށް ދިޔައީ މި ބަލި ރާއްޖެއިން ފެނުމުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. ރަށަށް ދިޔަ ފަހުން އޭނާގެ ފަރާތުން ކޮންމެވެސް ވަރަކަށް ހުން ހުރުމާއި ރޯގާގެ އަލާމާތްތައް ފެންނަމުން ދިޔައެވެ. މި އަލާމާތްތައް އޭނާގެ ގައިން ފެންނަން ފެށި ފަހުން، ދެން އޭނާ ތަޖުރިބާ ކުރަން ޖެހުނީ މާ ބިރުވެރި ކަންތައްތަކެކެވެ. އަހުމަދު މަސައްކަތް ކުރަމުން ދިޔަ ރިސޯޓުގައި އުޅުނު މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވިކަން ހާމަކުރިއެވެ. އެކަމަކު، އެ…