އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ތިން ރަން މެޑަލް ހޯދާ، އުމުރުން 11 އަހަރުގެ ފާތިމަތު ދީމާ އަލީ ރާއްޖޭގެ ކުޅިވަރު ތާރީހު ބަދަލުކޮށްލައިފިއެވެ. މުޅި ގައުމުގައި ރަން އަކުުރުން ދީމާގެ ނަން ވިދަމުންދާއިރު، ދީމާގެ ކާމިޔާބީއަކީ އެތައް އަހަރުތަކަކަށް ދެމިގެންދާނެ ރެކޯޑުތަކަކެވެ. ދީމާއަކީ ބައިނަލްއަގުވާމީ ލެވެލްގައި ރާއްޖެ ދުތް އެންމެ ކާމިޔާބު އެތުލީޓަށް، އެންމެ ގޭމްސްއަކުން ވެއްޖެއެވެ. ތިން ރަން މެޑަލް ހޯދީ ސްޓައިލްގައެވެ. ދީމާގެ ވާހަކަ ދައްކަނީ ހަމައެކަނި ރާއްޖެއަކު ނޫނެވެ. މިފަހަރުގެ އައިއޯއައިޖީ ބޭއްވި މޮރިޝަސްގައިވެސް އޮތީ "ރާއްޖޭގެ ކުޑަކުޑަ އަންހެން ކުއްޖާ، އުމުރުން 11 އަހަރުގެ ދީމާ"ގެ ވާހަކައެވެ. މޮރިޝަސްގެ ނޫހެއް ކަމަށްވާ "ލެ އެކްސްޕްރެސް"ގެ އިތުރުން "ޒިން ފޯސް…