ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ އަކީ ބަޠަލަކަށް ހަދަން ބަޔަކު ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެކަމެއް ނުވާނެއެވެ. އެއީ 19 ދިވެހިން ޝަހީދުކޮށްލުމުގެ މޭސްތިރިޔާއެވެ. އަމިއްލަ އެދުން އެއީ އަގު ކަމަށް ހެދުމަށް ފަހު ބޭރު ބަޔަކަށް ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ވިއްކާލުމުގެ ފުރިހަމަ ޒިންމާ އިން ބާޣީ ލުތުފީ އަށް ރެކެވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެއެވެ. އެތައް ދިވެހިންނެއް ޝަހީދުކޮށް އެތައް ދިވެހިންނެއް ޒަހަމް ކޮށްލުމުގެ އިތުރުން ނޮވެމްބަރ 03 ހަމަލާ އާއި ގުޅިގެން މިހާރު ވެސް ނަފްސާނީ މައްސަލަތައް ތަހައްމަލް ކުރަމުން ގެންދާ އެތައް ދިވެހިނެއް އެބަތިއްބެވެ. އެމީހުންގެ ވޭނީ ދިރިއުޅުމަށް މިއަދު ދިވެހި ސަރުކާރުން މަލާމާތްކޮށް ބާޣީ ލުތުފީ…