އެމްޑީޕީ އަށް ވެރިކަން ލިބި ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތެއް ކަށަވަރު ވުމާއި އެކު ކުރިން ވެސް ޔަގީންވެފައި އޮތީ ޝަރުޢީ ދާއިރާ އެފުށް މިފުށަށް ޖަހާލާނެއެވެ. އެމަސައްކަތް މިހާރު އެމްޑީޕީ އިން މިވަނީ ފަށާފައެވެ. ނަމަވެސް ސުވާލަކީ އެހެން ބަޔަކު ބޭނުންވާ ޙުކުމެއް ޝަރުޢީ ދާއިރާ އިން ކުރި ނަމަވެސް އެއީ އެބަޔަކު ޝަރުޢީ ދާއިރާ އަށް އަތް ބާނައިގެން، ނުފޫޒު ބޭނުން ކޮށްގެން ކުރި ޙުކުމަކަށް ވެފައި އެމްޑީޕީ އިން ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރި ނަމަވެސް އެއީ ހަމައާއި އިންސާފަށް ވަނީ ކީއްވެ ހެއްޔެވެ؟ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޝަރުޢީ ދާއިރާ އާއި ދެކޮޅަށް ކުރި…