ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ރައްޔިތުންގެ މަޖިލިހަށް ހާޒިރުކޮށްދޭން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެދިވަޑައިގެންފިއެވެ.

އިއްޔެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޖާބިރު ފޮނުއްވި ސިޓީގައިވާ ގޮތުން މިނިސްޓަރު ޝާހިދު ހާޒިރުކޮށްދޭން އެދިފައިވަނީ ރާއްޖެ އާއި ގަތަރާއި ދެމެދު އޮތް ގުޅުމާއި ބެހޭ ގޮތުން ސުވާލު ކުރުމަށެވެ.

ރާއްޖެއާއި ގަތަރާމެދު ގުޅުން ބަދަހި ކުރުމުގެ މަޝްވަރާތައް ފަށާފައިވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ.

އެޓާނީ ޖެނެރަލް މަޖިލީހަށް ހާޒިރުކޮށްދޭން އެދުނީ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް، ދައުލަތުން ދޭން ޖެހިފައިވާ ބޮޑު ބަދަލާއިމެދު ކަންތައް ކުރާނެ ގޮތެއް ބެލުމަށެވެ.

މީގެއިތުރުން ޖާބިރު ވަނީ ގަރާރަކާއި ކުއްލި މައްސަލައެއްވެސް ހުށަހަޅާފައެވެ. އެއީ ގެސްޓްހައުސްތައް ބިދޭސީ އިންވެސްޓަރުންގެ އަތްދަށަށްދާ ކަމަށް ބުނެ ހުށަހެޅި ގަރާރަކާއި، މިހާރު ކުރަމުންދާ ވިއްސާރައިގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ހުށަހެޅި ކުއްލި މައްސަލައެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލީޑަރ

    މިފެންނަ މަންޒަރުން ރާއްޖޭގެ ރައްޔިތުންގެ ހިމާޔަތުގައި ކެރިގެން ނުކުންނާނީ ސިވިލް ލީޑަރެެއްގޮތުގައި ޖާބިރު، އަދި އެމަނިކްފާންގެ އަނބިކަބަލުން. މިއީ ވާ ކެރޭ ދަރިއެއް. ސާބަސް

    21
    2