މިއަދު ގިނަ ދިވެހިންނަށް ލިބުނީ ބޮޑު ޝޮކެކެވެ. ދިވެހިން އަބަދުވެސް ގޮސް އުޅޭ ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާތަކުގައި އެތައް ބަޔަކު މަރާލައިފިއެވެ. އެތައް ބަޔަކު ޒަޚަމްކޮށްލައިފިއެވެ. ލަންކާއަކީ ދިވެހިންނާއި ވަރަށް ގާތް ބަޔަކު އުޅެމުން އަންނަ ޤައުމެކެވެ. ދިވެހިންގެ ގިނަ ބަޔަކު ލަންކާގެ ރައްޔިތުންނާއި ދޭތެރޭ ދެކެނީ ދިވެހިންގެ ބައެއްގެ ގޮތުގައެވެ. އެހާވެސް އެ ޤައުމުގެ ރައްޔިތުން ދިވެހިންނަށް ހެވެއެވެ. ދިވެހިންނަށް އެ ގައުމުގައި އުޅެން ފަސޭހައެވެ. ލަންކާއަކީ ގިނަ ދިވެހީންގެ ދެވަނަ 'ހޯމް'އެވެ. މިއަދަކީ ލަންކާއަށް ބަންދު ދުވަހެކެވެ. އާއްމުކޮށް ގިނަބަޔަކު ބޭރަށް ނުކުންނާނެވެސް ދުވަހެވެ. އެހެން ނަމަވެސް މިއަދު ކޮލަމްބޯގައި ދިރިއުޅެމުން އަންނަ އެންމެންނަށް މަޖުބޫރުވީ ގޭގައި ތިބޭށެވެ. މަގުމައްޗަށް ނުކުންނަން…