ފުލުހުންގެ ބަންދުގައި، ދޫނިދޫގައި ހުރި ކުއްޖަކަށް ޑެޓޯލް އަޅާފައި ފެން ބޯންދިން މައްސަލައެއް ފެންމަތި ވެއްޖެއެވެ.

އެ ކުއްޖާއަކީ ބޭންކް އޮފް އިންޑިއާ ކައިރިން ފޭރުނު މައްސަލައެއްގައި ހައްޔަރު ކުރި ކުއްޖެކެވެ. އެ ކުއްޖާ ހައްޔަރު ކޮށްފައި ހުންނަތާ މިއަދަށް 37 ދުވަސް ވެއްޖެއެވެ. އޭނާއަށް ޑެޓޯލް އަޅާފައިވާ ފެންދީފައިވާކަން އެނގުނީ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ޖުވެނައިލް ކޯޓަށް ގެނައުމުންނެވެ.

އެކުއްޖާގެ ވަކީލު "ވަގުތު"އަށް މައުލޫމާތު ދެމުން ވިދާޅުވީ މިއަދުގެ ޝަރީއަތުގެ މަޖިލިސްގައި ގާޒީއާއި އެކުއްޖާ އެވާހަކަ ހިއްސާކުރުމުން، އެކަން ތަހުގީގު ކުރުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި އެކުއްޖާ ފުރަތަމަ ހައްޔަރު ކުރީވެސް ބޮޑެތި މީހުންނާ އެއް ގޮޅިއެއްގައެވެ. ކުޑަކުދިން ބޮޑެތި މީހުންނާ އެއް ގޮޅިއެއްގައި ހައްޔަރުކުރުމަކީ މަނާ ކަމެކެވެ.

ޑެޓޯލް އަޅާފައިވާ ފެން ދިނުމުގެ އިތުރުން އޭނާއަށް އަނިޔާ ކުރި ކަމަށްވެސް މިއަދު ކޯޓުގައި ބުނެފައިވެއެވެ. މީގެ އިތުރުން ބަންދުގައި ބެހެއްޓި 37 ދުވަހުގައި އެކުއްޖާއަށް އާއިލާއާ ބައްދަލުކުރުމަށް ފުރުސަތު ދިނީވެސް އެންމެ ފަހަރަކު ކަމަށްވެއެވެ.

"އިނާޔަތް ކަނޑާލާފައި ހުރީ، އިނާޔަތް ކަނޑާލީ ގޮޅިން ދުންފަތް ފެނުނު ކަމަށް ބުނެ،" ވަކީލު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ކޯޓުގެ ޖުވެނައިލް ޖަސްޓިސް ޔުނިޓުން ވަނީ އޭނާ ބަންދުކުރެވިފައި ވަނީ އެކަށީގެންވާ މާހައުލެއްގައި ނޫން ކަމަށް ބުނެފައެވެ. އެ ކުއްޖާ ހައްޔަރު ކޮށްފައި ހުރީ ދޫނިދޫ ސިޔާސީ ހައްޔަރީން ހައްޔަރުކުރާ އައިސޮލޭޝަން ޔުނިޓް ދޭއްގައެވެ. މިމަހުގެ 11 ވަނަ ދުވަހާއި މިއަދުވެސް ޖުވެނައިލް ޖަސްޓިސް ޔުނިޓުން އެދިފައި ވަނީ ބަންދު ކޮށްފައިވާތަން ބަދަލު ކުރުމަށެވެ. އެހެން ނަމަވެސް ފުލުހުން އެކަމަށް އަމަލު ކޮށްފައެއް ނުވެއެވެ.

މިއަދު ކުއްޖާގެ މުއައްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ގާޒީ ވަނީ ފުލުހުން އެދުނު ގޮތަށް ބަންދުގެ މުއްދަތު ޖަހައިނުދޭން ނިންމާފައެވެ. ގާޒީ ނިންމެވީ ބަންދުގެ މުއްދަތަށް އެއްދުވަސް އިތުރު ކުރުމަށެވެ. އަދި އެއް ދުވަހުގެ ތެރޭގައި އެ ކުއްޖާއަށް ޑެޓޯލް ބޯންދިން މައްސަލަ ތަހުގީގު ކުރުމަށްފަހު ބަންދުގެ މުއްދަތާމެދު ގޮތެއް ނިންމަން ހާޒިރުކުރުމަށް ގާޒީ ފުލުހުންގެ މައްޗަށް އަމުރު ކުރިއެވެ.

"ދެން ކޯޓަށް ހާޒިރުކުރާ އިރު، މީނާއަށް ޑެޓޯލްގެ އަސަރު ހުރި ފެން ބުއިމަށް ދީފައިވާކަމަށް ފާހަގަކޮށްފައިވާތީ، އެކަން ހިނގާދިޔަ ގޮތް ސާފުކުރުމަށްފަހު ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމުމަށް ހާޒިރު ކުރުމަށާއި، އަދި ޑެޓޯލްގެ އަސަރު ހިމެނޭ ފެން ބުއިމަށް ދީފައިވާ ކަމަށް ބުނާތީ ޑޮކްޓަރާއި ކޮންސަލްޓް ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް އަންގަން،" ގާޒީ ވިދާޅުވެފައިވެއެވެ.

އަދި އެކުއްޖާ ހައްޔަރު ކޮށްފައި ހުރި ގޮޅީގައި އަނިޔާ ކުރާ މައްސަލައާއި، އެ ކުއްޖާ ހައްޔަރު ކުރުމަށް އެންމެ އެކަށޭނެ ގޮޅިއެއްގެ މައުލޫމާތުކަން ގާޒީއަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް އަންގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ހުވާ

    ހިތާވެރި ކަމެއް ސިއްރު ކުރަން އުޅުނަސް ސިއްރެއް ނުވާނެ. ސަލާމް

    47
    9
  2. ޚަބަރު

    މިސަރުކާރުން ވަރަށް ރަހުމުހުންނާނެ މީހަކައްދެރަކަމެއް ނުކުރާނެ

    49
    10
  3. އަލީ

    ރާއްޖޭގެ ފުލުހުންގެ ފެންވަރު👹

    22
    9
  4. ބޮއިކަޓް ޢަލީ

    ޤާޒީއަށް ބައި އެޅި ކަމަށް ބެލެވެ، ކުއްޖާ ބުނީތީ ޑިޓޯލް އެޅިކަމަށް ޤާޒީއަށް ޤަބޫލުކުރެވިއްޖެ. ދެން ފުލުހުން ވީޑިއޯ ފުޓޭޖު ދެކިޔަސް ސާބިތެއްނުވާނެ، ހެކި ދޭމީހަކު ކުއްވެރިވާނީވެސް. ވޯޓަރ ސަޕްލައި އިން މަށަށް ކްލޮރިން އަޅަފަ ފެން ފޯރުކޮދެނީވެސް

    31
    17
  5. ފަޒީލް

    ލާރިތައް ފޭރުން އޯކޯތަ، ވިސްނާ ފިކުރު ކޮއްބަލަ ބުރަމަސައްކަތުން ހޯދާ ލާރިކޮޅު ފޭރެމުން އަނެކާ އައްވެސް ކުރާނެ އަސަރު،

    47
    2
  6. ޢަލީ

    ތިއުޅެނީ އެމްޑީޕީގެ ސިޔާސަތު މީހުން ޤަބޫލުކުރާކަހަލަ ހިތްގައިމު ވާހަކަ ދައްކައި،މީހުން އަވައިގަޖައްސާނެ ކަންކުރާނީ ރަށްޔިތުން ނައް ޖެއްސުމަށް ރަށްޔިތުން ހޭއަރާކައްނުވޭބާ ތިކިޔާ އެމްސީ ހަމީދު އަކީ ފުލުންގެ ސިއްރު މަޢުލޫމާތު ހާމަ ކޮށްގެން އެމުއަށްސިސާއިން ކަނޑާލާފަހުރި ޚާއިނެއް އިބޫ ސޮލީބު އަކީ ރަށްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕާލަމެންޓުގުރޫޕްގެ ލީޑަރަކަށްހުރެ ހަތްއަހަރުވަންދެން ބަޖެޓް އަށް ވޯޓް ނުދީހުރި އިބޫއެއް ދެން އިންސާނުންގެ މައްޗައް އޮންނާނީ ކޮންރަޙުމެއްތޯ

    32
    6
  7. 3ނިރު

    ބަރާބަރު ފެންދީފަ ކަރުގަހިފަނި ދެންތިބެ އެޖެންޑާ19 ކިޔަކިޔާ

    21
    3
  8. ޑިޓޯލް

    ދޫނިދޫ ޑިޓޯލްވޯޓާ ޕޮލިސް

    14
    7
  9. ނޫނު ބާ😡

    ކުޑަ ކުއްޖެކޭ ކިޔާފަ ދެން ބާއްވަންވީ ގަނޑުވަރެއްގަތަ؟ އޭ........
    ތިޔަ ބުނާ ކުއްޖާ ގޭގައި އޮއްވާތަ ޖަލުގޮޅި އަށް ގެންދިޔައީ އޭ........
    ކުޑަކުދިން މީހުން އަތުން ފޭރޭތަ
    އޭ........

    39
    2
  10. ޚިޔާލު

    ފުލުހުން ކޯޓުގެ އަމުރުތަކަށް ތަބާ ވެފައިނުވާކަން އެގޭއިރު ފުލުހުންގެ އެދުމާއި އެއްގޮތަށް ކޯޓުން ބަންދުގައި ބަހައްޓަން އެއްދުވަސް ދިނުމަކީވެސް އިންސާނީ ކަރާމާތަށް ކޯޓާއި ފުލުހުންވެސް އިހްމާލުވީކަމަށް ބެލެވޭނެ ކަމެކެވެ. ޑިޓޯލް ފެނަކީ ޒަހަރެއް ޒަހަރެއްބޯއްދިންކަމަށް ކުރެވޭ ތުހުމަތަކީ ސީރިއަސް ތުހުމަތެއް.

    12
    4
  11. ޥަގުފް

    އަނގަ އޮތީމަ ތަޅަނީ!

    11
    1
  12. ާAhmed

    މިފަހަރު ގާޒީއަށް ހަމަސާބަސް. މާޒީ ދޫކޮއްލަށްވާ،. އަމާނަތްތެރިކަންމަތީ ދެމިހުންނަވާ. އެއިރުން ކޮންމެފަދަ މީހަކު ކިތަންމެ ޕްރެޝަރެއް ކުރިއަސް ހިތްހަމަޖެހުން ލިބޭނެ. އަރާމުގަ ނިދާލެވޭނެ. ޤާޒީއަށް މާތް ﷲ ސާބިތުކަން ދެއްވާށި.

    17
    5
  13. ޅާނބު

    އަހަރެން ހަމަ ހައިރާންވޭ މިކަހަލަ ކުދިންގެ ދިފާއުގަވެސް ވަކީލުންނަށް އަނގައިން ބުނަން ކެރޭތީވެ. ސުބުޙާނަﷲ

    8
    1
  14. ހައިޕޭ

    ޖަލުތަކުގެ ހާލަތު ހާދަ އަވަސް ސްޕީޑެއްގަ ރަނގަޅު ކޮށްލީ. އައި ސެލިއުޓް އިމްރާނުގެ ފަހަރިގެ އަނެއް ފިރިމީހާއަށް

    3
    2
  15. ނަސީދު

    ބަދަލުހޯދަން ދައުވާކުރޭ 590 މިލިޔަނައް އެބުމާ ބާޖާބޫ އެކިޔާ ކުނަފުނިވެސް ލާރިގަނޑެއް ކަޓުވާލައިފި

    1
    1
  16. މަސްވެރިޔާ

    މިއީ އަވަހަށް ބަލަންޖެހޭ ކަމެއް، ފުލުހުންނަކީ އިތުބާރުނުކުރެވޭ ބަޔަކަށްވެއްޖެނަމަ ކިހިނެއްތޯ ރައްޔިތުން އުޅޭނީ، ޤާނޫނު އެއީ ޒަހަރު ދިނުމާއި އަނިޔާކުރަން ހަދާފަ އޮންނަ އެއްޗެއްނޫން، މިހާރު ހިނގާ ގިނަ ފޭރުމުގެ ކަންތަކަކީ ފުރޭމްކުރުމާއި ފ ރުޅި އަންނަ ކުދިން ހިފާ ހައްޔަރުގަ ބޭތިއްބުމަށް ރާވައިގެނ މުޖުތަމައު ފަސާދަ ކުރަން ހިންގާކަމެއް، މިފަދަ އަނިޔާތަކުން ރައްޔިތުން ސަލާމަތްކުރުމަށް ތިބީ ފަނޑިޔާރުން. ޑިޓޯލް އަޅާފަ ހުރި ފެން ކުޑަކުއްޖަކަށް ބޯންދީފިޔޭ ބުނީމަ ޖަލުތަކުގައި ތިބި ދިވެހިދަރިންގެ ހާލަތާމެދު އިންތިހާޔަށް ރައްޔިތުން ކަންބޮޑްވޭ. ފުލުހުންނަށް ރައްޔިތުންނަށް އަނިޔާނުކުރެވޭނެ، މުސާރަ ދެނީ ރައްޔިތުން، މީހުންނަށް ަަަަަަަަަަ އަނިޔާކުރާ ވިސްނުންތިބި ފުލުހުން ގޭގަތިބޭ، ތިބޭފުޅުންނަށް ކާކުތޯ ބާރުދިނީ އެއްވެސްވަރެއްގެއަނިޔާއެއް ރައްޔިތުންނަށްދޭން. ފުލުހުންގެ ތަހުގީގު ޓީމުތަކުގައި ވ ރަގަޅު ބޭފުޅުންވެސް ތިބޭނެ، އަދި އޭނަޔަށް މެޑަލް ހޯދަން އަނިޔާކޮށް ނުކުރާކަންތައް ކުރިކަމަށް ހަދަންތިބޭ ނުބާ ފުލުހުންވެސްތިބޭ. ހަދާންކުރަންވީ މިއީ ފުލުހުންގެ ތަހުގީގުގައި ގަލަން ހެކިދޭ ބުނެ ރައްޔިތުން ޗިސްކުރި ޒަމާނެއްނޫނޭ. ރައްޔިތުން ނުކުންނާނެ.

    5
    2
  17. މލ

    ހައްޔަރުކުރެވޭ މީހުންނާމެދު އަނިޔާވެރި ނުވުމަށް
    އައްނިއަށް ގޮވާލަން

    2
    2
  18. ޢަޖައިބު

    ތި ހަމަ ފޭކް.. ދި ފާއީވަކީލުން ހަމަ ހަރާންލާރި ހޯދަން ވެގެން.. ފޭރުނީ އެމިހުން ކަން އިނގޭއިރު ހަމަ ލާރީގެ ދަހިވެތިކަމުގަ ދިފާއުގަ. ޫޫ ފުރަތަމަ ކުޑަކުދިން އެހެން އުޅޭތޯ

    8
    1
  19. ފިލާވަޅު

    މިކަން މިހެންހިގައފައިވާކަމައް ވާނަމަ އެފުލުހެއްގެ ވަޒީފާގެ ގާބިލްކަން އެހުރީ ގެއްލިފަ އިންސާނީކަރާމާތައް ހުރި ބިރަކައްވެފަ އެބުނާމިހަކު ވަކިކޮށް އިންސާފްގެ މައިދާނައް ގެނައުމައް ގޮވާލަން އެ ސައިކޯޕޭތް

  20. ތެދު

    ކުއްޖާ ބުނިއްޔާ ބުނާހަ އުއްޗެއް ގަބޫލު ކުރަން ވިއްޔާ ނެތެއްނު ސަލާމަތެއް!!

  21. މަވަރު

    މަގޭ ހިތަށް އަރަނީ ކުޑަކުއްޖަކު ކުރަން ވާވަރުގެ ކަމެއްހޭ ފޭރުމަކީ...........ކުއްވެރިވީމަ ކުޑަކުއްޖާ. ...ވަރަށް ވާހަކަ