ގައުމުތަކުގެ ވެރިންނާއި އާއްމު މީހުންނާއި ތަފާތެވެ. ގައުމުތަކުގެ ވެރިންނަށް ނުވަތަ މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އޮޅިގެން ނަމަވެސް ކުށެއް ވިދާޅުވެވިއްޖެނަމަ، ނުވަތަ ކުށެއް ލިޔުއްވައިފިނަމަ ބައިނަލްއަޤުވާމީ މީޑިއާތަކުގެ ސަމާލުކަމަށް ވެސް އެކަން އާދެއެވެ.

މިއަދަކީ ދިވެހި ބަހުގެ ދުވަހެވެ. ދުވަހުގެ ހެޔޮ އެދުންތައް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދު ކުރަމުން ދާއިރު ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެސް ވަނީ ތާނައިން ޓްވީޓެއް ކުރައްވާފައެވެ.

ދިވެހިބަހުގެ ދުވަހުގެ ހެޔޮ އެދުންތައް ދިވެހި އެންމެހައިލޮބުވެތި ރައްޔިތުންނަށް އަރިސްކުރެއްވުމުގެ ގޮތުން ރައީސް ކުރެއްވި ޓްވީޓްގައި ދިވެހިބަހަކީ ޖަހަން އޮތްތަނުގައި ޖެއްސެވިފައި އޮތީ ދިވެހިބަކީއެވެ.

އެކަން ބައެއް މީހުން ވަނީ މީސް މީޑިއާގައި ފާހަގަ ވެސް ކޮށްފައެވެ.

މުގުރިންނަށް ވެސް ކުށް ކިޔެއެވެ. ޒަމާނުއްސުރެ ދިވެހިން ވެސް އެހަޤީޤަތް ގަބޫލު ކުރެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އާއްމު އާދަފުޅަކަށް ކުށްބަސްތައް ވިދާޅުވުން ވެއްޖެނަމަ އެއީ އަދި އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

މިދިޔަ ހަފްތާގައި އިންޑޮނޭޝިއާގެ ރައީސް ކުރެއްވި ޓްވީޓެއްގައި ވެސް ކުށް ބަހެއް ލިޔެވިފައި އޮތުމުން އެކަން ވަރަށް ބޮޑު މައްސަލަކައަށް ވިއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރ މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރި ޓްވީޓެއްގައި ކުށް ބަހެއް ލިޔެފައި އޮތުމުން ޓްރަމްޕަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދިވެހިބަސް

    ގނޖ މަނިކުފާނުގެ ވާހަކަވެސް ހިމަނާލިނަމަ؟ ގައިމު ދިވެހި ބަހުން ކުށްނުލާ އެންމެ ޖުމުލައެއް ވެސް އޭނަ ނުކިޔާ..!

    16
    2
  2. ޝިފޫ

    ސާބަސް މި ދެން ބޮޑުވަރު. މުޤުރީންނަށް ވެސް ކުއް ކިޔޭ. މި ދެން މައްސަލަޔަކަށް ހަދަން ޖެހޭ ވަރުގެ ކަމެއްތަ😂

    15
    13
  3. ރަސީދު

    އެމީހެއްގެ ފެން ވަރުންތާ އެމީހަކައް ލިޔެ ވޭނީ
    އަދި އިނގިރޭސި ބަހުން އަމިއްލަޔައް ލިޔެފަ އޮތް އެއްޗެއް ފެނިއްޖިއްޔާ ތާ އިނހޭ ނީތިކަލޭގެ ފެން ވަރު
    ނާގާބިލު ވީމަ ނާގާބިލޭ ކިޔަނީ