އެކާވީސްވަނަ ޤަރުނުގެ ޑިޖިޓަލް ޖަޒީރާ ރާއްޖެއަކަށް، ދިރާގާއެކު އަޅުގަނޑުމެންނަށް ދެވޭނެކަން މިހާރު ޔަޤީންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ދިރާގުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ދިރާގުގެ ކާމިޔާބީތަކުގެ ސަބަބުން، އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ވަރަށް ބޮޑު ދިރުމެއް އަތުވެއްޖެ ކަމަށެވެ. އަދި ދުނިޔޭގެ ކުރިއަރަމުން އަންނަ ޤައުމުތަކާ އެއް ސަފެއްގައި ފައި ހަމަކުރުމުގެ ޤާބިލުކަން، މި ރާއްޖެއަށް ލިބިއްޖެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ދިވެހިންގެ އެންމެހައި ގުޅުންތަކާ ލާމެހިފައިވާ މި ކުންފުންޏަކީ، ރަށްރަށުގެ ތަރައްޤީގެ ވަރަށް މުހިންމު ބައިވެރިއެއް. ދިރާގަކީ، ރަށްރަށުގެ ވިޔަފާރިތައް ކުރިއެރުމުގައި، ވަރަށް މުހިންމު ދައުރެއް އަދާކުރާ ޚިދުމަތްތެރިއެއް. ވަކިން ޚާއްޞަކޮށް، މާލެއާ ދުރު އަތޮޅުތަކުގައި، ރިޒޯޓްތައް ތަރައްޤީ ކުރުމުގައި، ދިރާގުގެ ޚިދުމަތްތައް ވަރަށް މުހިންމު ދައުރެއް އަދާކުރޭ" ރައީސް ވިދާޅުވިއެވެ.

ރަައީސް ސޯލިހު ވިދާޅުވީ، މި ސަރުކާރުން އަމާޒު ހިފާފައިވަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ މަންފާ، ވީހާ ގިނަ ރައްޔިތުންނަށް ލިބޭނެގޮތަށް، ޑިޖިޓަލް ކޮމިޔުނިކޭޝަންގެ ޚިދުމަތްތައް، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފުޅާކުރުން ކަމަށެވެ.

ދިރާގަކީ، ރާއްޖޭގައި މުވާޞަލާތީ އަދި ޑިޖިޓަލް ޚިދުމަތްތައް ދިނުމުގައި، ވަރަށް ފަޚުރުވެރި މާޒީއެއް އޮތް ކުންފުންޏެއް. އަޅުގަނޑުމެންގެ ދޭދޭ ރަށްތަކާއި، އަދި ބޭރު ދުނިޔެއާއި ރާއްޖެ ގުޅުވައިދޭ މައި ފާލަމަކީވެސް ދިރާގު.

މިއީ ޑިޖިޓަލް ކޮމިޔުނިކޭޝަންގެ ޒަރީޢާއިން މުޅި ދުނިޔެ، ކުޑަކުޑަ އަވަށަކަށް ބަދަލުވެފައިވާ ޒަމާނެއް. މި ސަރުކާރުން އަމާޒު ހިފާފައިވަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ މަންފާ، ވީހާ ގިނަ ރައްޔިތުންނަށް ލިބޭނެގޮތަށް، ޑިޖިޓަލް ކޮމިޔުނިކޭޝަންގެ ޚިދުމަތްތައް، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފުޅާކުރުން. ރައްޔިތުން އުންމީދުކުރާ ހަލުވިމިނުގައި ޚިދުމަތްތައް ދިނުމަށްޓަކައި، ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށްވެސް މި އަންނަނީ މަސައްކަތް ކުރަމުން. ސަރުކާރުގެ އެ ސިޔާސަތު ތަންފީޒު ވެގެންދާއިރު، ވީހާވެސް ގިނަ ރަށްރަށަށް، ހައި ސްޕީޑް އިންޓަރނެޓްގެ ޚިދުމަތް ލިބި، ޑިޖިޓަލް ޚިދުމަތުގެ ފަރަޤު މިހާރަށްވުރެވެސް ކުޑަވެގެންދާނެ". ރައީސް ވިދާޅުވިއެވެ.

"އިތުރަށް ރައީސް ވިދާޅުވީ، ދިރާގުން ފަށާފައިވާ ފައިބަރ ބްރޯޑްބޭންޑް މަޝްރޫޢުގެ އަމާޒަކީވެސް، ރަށްރަށުގެ މެދުގައި ތަފާތުނުކޮށް، އެއް ފެންވަރެއްގައި އަދި އެއް އަގެއްގައި، އާބާދީގެ ވީހާ ގިނަ ބަޔަކަށް، ހައި ސްޕީޑް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަޒީނާ

    ރައީސުލް ޖުމްހޫރިއްޔާ މައިކާލޯއޭ ނުކިޔާ ގައުމީފެންވަރުގެ ތަރައްގީގެ އެންކަރ ޕުރޮޖެކްޓެއް އިއުލާން ކުރަންވީނުން..

    4
    1
  2. ައަލިފުތާ

    ތިޔާއީ ދިވެހިންގެ ލޭބޯ ބަޔެއް މިސަރަހައްދު ގާއި އިންޓަރ ނެޓާއި ކޯލުގެ އަގު އެންމެ ހެވީ ރާއްޖޭގަކަމަށް ބުނެއަޑު ފަތުރާފަވޭ މިސަރަހަށްދު ގެ ގައުމަކަށް ގޮސްލީ މަމިއެގެނީ ހަގީގަތް

    5
    1
  3. ޒާ

    މޮޔަބޮލަށް އަރައިގެން ވާހަކަ ދައްކަނީ ހަރާމް ގެނެސްދޭ ތަރައްގީއެއް.

    5
    1
  4. އެބޫ

    ޑިޖިޓަލް ފައްޅި އަޅާނަންތޯ

    4
    1