ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފެއްދި މަޤުޞަދަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމެވެ. އެޕާޓީން އެކަން ކުރިއެވެ. ނަމަވެސް ފާއިތުވި ތިން އަހަރުތެރޭގައި ބޮޑު ތިން އިންތިޚާބުން ބަލިވެ، ޕީޕީއެމްގެ މުސްތަޤުބަލާއި މެދު މިވަނީ ސުވާލު އުފެދިފައެވެ. ޕީޕީއެމްގެ މިހާރުގެ ލީޑާޝިޕް އޮތީ ސިޔާސީ މައިދާނުގައި ފެއިލް ވެފައިކަން ގަބޫލުކޮށް، ޕާޓީގެ ލީޑާޝިޕާއި ސިޔާސަތުތައް އަލުން އެކަށައަޅަން ޖެހިފައި އޮތްކަން އެއީ ގަބޫލު ކުރަން ޖެހޭނެ ހަޤީޤަތެކެވެ.

ޕީޕީއެމްއަށް ވެރިކަން ގެއްލި އެމްޑީޕީގެ ވެރިކަން ފެށިގެން ހަތަރު މަސް ދުވަސް ފަހުން އާއްމު އިންތިޚާބުގެ ވޯޓް ނެގިއިރު އެމްޑީޕީންގެ ސަރުކާރުން ހިންގަން ފެށި ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ނެތެވެ. ވަޒީފާ ދިން މީހުންނަށް ވުރެ ގިނައީ ވަޒީފާ އިން ވަކިކުރި މީހުންނެވެ. ނަމަވެސް އާއްމު އިންތިޚާބުގައި އެކަމުގެ ގެއްލުން އެމްޑީޕީއަށް ނުކުރީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމްގެ މަސައްކަތް އެންމެ ފުރިހަމަ މިންވަރާއި ގާތަކަށް ވެސް ކުރެވިފައި ނެތުމުންނެވެ.

ޕީޕީއެމްގެ ލީޑާޝިޕްގައި މިހާރު ތިއްބެވި ބޭފުޅުންނަކީ ގޯސް އެއީ ގޯސްކަމަށް ގަބޫލުކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނެއް ނޫނެވެ. މިހާލަތު ދިމާވެގެން ދިއުމުގެ އަސްލަކީ ވެސް އެއީ އެވެ. މިއަދު ޕީޕީއެމާއި އަދި އިދިކޮޅު ސިޔާސީ ފިކުރަށް ސިޔާސީ މައިދާނުގައި ލިބިފައިވާ ނާކާމިޔާބުގެ ޒިންމާ ޕީޕީއެމްގެ އިސް ހުރިހާ މެންބަރުން، ހާއްސަކޮށް ޕާޓީގެ ލީޑާޝިޕުން އުފުލަން އެބަޖެހެއެވެ.

ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަރައްޤީގެ މަޝްރޫޢުތަކަށް ސައްތައިން ސައްތަ ދޭން ޖެހުނު ނަމަވެސް އެމަނިކުފާނަށް ސިޔާސީ މަސައްކަތައް އަބަދުވެސް ދޭން ޖެހިފައި މިއޮންނަނީ ޔޫސެޓެކެވެ. ރިޔާސީ އިންތިޚާބާއި ޔާމީން ކުރިމަތިލީ އެންމެ ފަހުގެ ކައުންސިލް އިންތިޚާބުގައި ލިބުނު ނާކާމިޔާބީ ތަކުރާރު ނުވާނެ ގޮތައް ކަންތައްތައް ރާވައިގެންނެއް ނޫނެވެ. ރިޔާސީ އިންތިޚާބުން ލިބުނު ނާކާމިޔާބީގެ ސަބަބު ބަލައި ދިރާސާކޮށް ކަންކަން އިސްލާހު ކުރުމުގެ އެއްވެސް ވިސްނުމެއް މަޖިލިސް އިންތިޚާބާއި ހަމައަށް އައިއިރު ވެސް ޔާމީންގެ ނެތެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ނިކުތް އިރު، ޕީޕީއެމްގެ ސިޔާސަތެއް ނެތެވެ. ޕީޕީއެމްގެ ވައުދެއް ނެތެވެ. ޕީޕީއެމް އިން ކޮށްދޭނެ ކަމެއް ނެތެވެ. ޕީޕީއެމް އިން ކުރި ކެމްޕޭނެއް ވެސް ނެތެވެ. ޔާމީން ބަންދުގައި ބެހެއްޓުމަށް ފަހު ދޫކޮށްލުމުން ވެސް އާއްމު ރައްޔިތަކު ފެންނަ ހިސާބަށް ވެސް އެމަނިކުފާނު ނިކުމެ ވަޑައެއް ނުގެންނެވިއެވެ. އެހެންކަމުން ޕީޕީއެމް ފެއިލް ވެގެން ދިއުމުގެ އެންމެ ބޮޑު ޒިންމާއެއް ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން އުފުއްލަވަން ޖެހޭނީ ޔާމީން ކަމާއި މެދު އިތުރަށް ސުވާލު އުފެއްދޭކަށް ނެތެވެ.

ނިހާން

ރައްޔިތުން މަޖިލީހުގެ މެންބަރު ކަމަށް އަހްމަދު ނިހާން ހުސައިން މަނިކު 2009 ވަނަ އަހަރު އިންތިޚާބު ވުމަކީ އޭރުގެ އިދިކޮޅު ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ. ޕޯޑިއަމްތަކުގައި ނިކަން ދޫހެލޭ ބޭފުޅަކަށް ނިހާން ވިއެވެ. ނަމަވެސް 2014 ވަނަ އަހަރު ޕީޕީއެމް ޕީޖީ ލީޑަރު ކަމަށް ނިހާން އައްޔަން ކުރެވި އޭގެ ފަހުން ޕީޕީއެމްގެ ވެރިކަން ނިމިގެން ދިޔައިރު ނިހާން ހުރީ ފެއިލްވެފައެވެ.

މަޖިލީހުގެ ޕީޕީއެމްގެ މެންބަރުންގެ ތެރެއިން އެތައް ބޭފުޅުންނެއް ޕީޕީއެމް އާއި ވަކިވެގެން ދިޔައިރު ޕީޖީ ލީޑަރުގެ ހައިސިއްޔަތުން ނިހާނަށް ކުރެވުނު ހަމަ އެންމެ ކަމެއް ވެސް ނެތެވެ. އެހިސާބުން ނިހާނަކީ ފެއިލްވެފައި ހުރި ލީޑަރެއްކަން ގަބޫލުކޮށް ނިހާން އެއްފަރާތް ކުރުމަކީ ޕީޕީއެމް އިން ކުރަން ޖެހިފައި އޮތް ކަމެކެވެ. އެކަން ނުކޮށް ޕީޕީއެމްގެ ސިޔާސަތު ކަނޑައަޅާ ހިސާބުގައި ނިހާން ބެހެއްޓުމަކީ ޕީޕީއެމް ފެއިލް ވުމަށް މެދުވެރިވި އެއް ސަބަބެވެ.

އަބްދުލްރަހީމް އަބްދުﷲ

ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ގެ ވާހަކަދެއްކުމުގެ ކުޅަދާކަމަކީ އޭނާގެ އެންމެ ބޮޑު ބަލިފަޔަށް ވެނިމިއްޖެއެވެ. އެންމެ ބޮޑު ސިޔާސީ ޕާޓީގެ ނައިބު ރައީސްކަން އަދުރޭ އަށް ދެއްވައިގެން އަދުރޭގެ ބަސް ޔާމީން ގަބޫލު ކުރައްވައިގެން މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުން ޕީޕީއެމް ބޮޑު ބައްޔަކުން ބަލިވީއެވެ. ނަމަވެސް އެއީ އަދުރޭގެ ވެސް ފެއިލްވުމެއް ކަން ގަބޫލުކޮށް އަދުރޭ އެއްފަރާތްކޮށް، އެހެން ބޭފުޅެއްގެ ބަސް ގަބޫލުކުރެއްވުމުގެ ވިސްނުމެއް ޔާމީން ނުގެންގުޅުއްވިއެވެ.

މޫސާ ޒަމީރު

މޫސާ ޒަމީރަކީ ވެސް ޕީޕީއެމްގެ ނައިބު ރައީސް އެކެވެ. ނަމަވެސް ނައިބު ރައީސްއެއްގެ ހައިސިއްޔަތުން އޭނާ ކުރެއްވީ ކޮންކަމެއް ހެއްޔެވެ؟ އެންމެ މުހިއްމު އިންތިޚާބު ނިމިގެން ދިޔައިރު އެންމެ ފަހަރަކު ވެސް ނޫސްވެރިންގެ ބައްދަލުވުމެއްގެ އަރިމަތިން ވެސް އޭނާ ނުފެނުނެވެ. މިފެންވަރުގެ ބޭފުޅުން ޕާޓީގެ އެންމެ އިސް އެއް މަގާމަށް އައްޔަން ކޮށްފައި ބޭތިއްބުމަކީ ޕާޓީ ފެއިލް ވެގެން ދިއުމުގެ އެއް ސަބަބެވެ.

އަބްދުﷲ ޚަލީލް

އަބްދުﷲ ޚަލީލަކީ ނިމިގެން މިދާ ރައްޔިތުންގެ މަޖިލިސް ގައި ހުންނެވި އެންމެ ތައުލީމީ ބޭފުޅާއެވެ. ނަމަވެސް ސިޔާސީ މައިދާނުގައި ޚަލީލަށް ލިބިވަޑައިގަންނަވަން ޖެހޭނެ މާކްސް ވަރަށް މަދެވެ. ސިޔާސީ ޙަޤީޤަތްތައް ގަބޫލު ކުރައްވައިގެން، ސިޔާސީ މައިދާނުގެ އޮޔާއި ވައި ޖެހޭ ގޮތައް ޕީޕީއެމް އަނބުރާލަން ލިބުނު ފުރުސަތުގެ ބޭނުން ނުހިތްޕެވުމުގައި ޚަަލީލްގެ ދައުރު ވެސް ބޮޑެވެ.

އަލީ އާރިފް

އަލީ އާރިފް އަކީ ޕީޕީއެމްގެ ތަރުޖަމާން ކަމަށް ބުނާތީ އަޑުއިވެއެވެ. ނަމަވެސް ސަރުކާރުން ފާއިތުވިި ހަތަރު މަސް ދުވަހު ކުރި ކަންތައްތައް ރައްޔިތުންނާއި ހަމައަށް ގެނެސްދިިނުމުގައި އޭނާ ކުރި އެއްވެސް މަސައްކަތެއް ނެތެވެ. މީޑިއާތަކާއި ގުޅުން ބަދަހި ކުރަން ފާއިތުވި ފަސް އަހަރު ވެސް ޕީޕީއެމް އިން ކުރި އެއްވެސް ކަމެއް ނެތެވެ. ރައްޔިތުންނާއި ހަމައަށް ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި ޕީޕީއެމް އިން ބަރޯސާވާ އެއްވެސް އުސޫލެއް ހަމައެއް ނެތެވެ. މިކަމުގެ ޒިންމާ ޕާޓީގެ ތަރުޖަމާންގެ ހައިސިއްޔަތުން އަލީ އާރިފް އުފުލަން ޖެހޭނެއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީޕީއެމް ފެއިލް ވާން މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ ޕާޓީގެ ލީޑާޝިޕެވެ. އެހެންކަމުން ޕާޓީގެ ލީޑާޝިޕް ޒުވާން، ހިތްވަރުގަދަ، ބޭފުޅުންނާއި ހަވާލު ކުރަން އެބަޖެހެއެވެ. އަދުރޭ އާއި ނިހާނާއި، ޒަމީރާއި، ޚަލީލާއި، އަލީ އާރިފް ފަދަ ފެއިލްވެފައި ތިބި ބޭފުޅުން އެއްފަރާތްކޮށް، ހަރުދަނާ ސިޔާސަތުތައް އެކުލަވާލަން އެނގޭ ގާބިލް ބޭފުޅުންނަށް ބާރާއި އިންތިޔާރުތައް ދޭން އެބަޖެހެއެވެ.

އެހެންނޫންނަމަ ނާކާމިޔާބީތައް އަދިވެސް ތަކުރާރުވަމުން ގޮސް ޕީޕީއެމް ވުޖޫދުން ނެތިގެން ދިއުމަކީ ދާދި ގާތުގައި އޮތް ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

58 ކޮމެންޓް

  1. އލ

    ވަގުތު ނޫހުން ތިޔަވަރުގެ ތެދު ހަބަރެއް އަދިއެއް ނުލިޔޭ!
    އަސްލުވެސް ތިޔަ ބައިގަނޑު 2 އިންތިހާބު ވެސް ފައިލް އަރުވާލީ! ދެން ތިބެގެން ކީ މެޑަމް ފާތުންނާއި އޭނާގެ ޓީމޭ ، ފަޅޮލޭ، ..... މެޑަމް ފާތުން ކުރި މަސައްކަތަކުން ލިބުނު ވޯޓެއް އޭރު ލިބުނީވެސް..

    187
    23
    • ޙައްގުބަސް

      ޕީޕީއެމްގެ ލީޑަރޝިޕް އަސްލުވެސް ބަދަލުވާންޖެހޭ!! ރަައިސް ޔާމީންގެ ލީޑަރޝިޕްގެ ދަށުން އުމަރު ނަސީރު ޕާޓީގެ ނައިބު ލީޑަރަކަށް ވެއްޖެނަމަ ރަގަނޅުވާނެ! ތަރުޖަމާނަކަށް މުންދު ރަގަނޅުވާނެ! ދެން ކުރީގެ މިނިސްޓަރ ސައިދު އަދި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ފަދަ ބޭފުޅުން އިސް ސަފުގައި މަސައްކަތް ކުރަންޖެހޭ! އަދުރޭ ނިހާން އަލީ އާރިފް މެން ފަދަ ބޭފުޅުން ސަޕޯޓިން އެކްޓަރުންގެ ގޮތުގައި ފަހަތަށް ޖެހެންޖެހޭ! ރިޔާސީ އިންތިޚާބުން ބަލިވި ހިސާބުން ގިނަ ވަޒީރުން ގެއްލުނީ! އަލުން ޓީމު އެކުލަވާލާ އެންމެން އެކައްޗެއް ކިޔައިގެން 2023 އަށް މަސައްކަތްކުރަންވީ ވަގުތު މިހާރު މިއޮތީ! ޕީޕީއެމްގެ ޓީމް ހަރުދަނާ ކުރަންޖެހޭ!

      26
      7
  2. ނޫރާ

    ތި ލިސްޓަށް މެޑަމް ފާތުން، ހާލިދާ އަދި އަދުލީ އެޑްކޮށްލިނަމަ ވަރަށް ފުރިހަމަ ވާނެ

    118
    28
  3. ތުނިޔަ

    ޕީޕީއެމް ވެރިކަމަށް އައީ ކޯލިޝަނެއްގެ ތެރެއިން!އެވެެސް މައުމޫނުގެ ހިތްވަރު.

    128
    48
  4. ޖުލައި

    ޔާމީންގެ ބޮޑާ ކަމުން ރައްޔިތުންގެ ލޯބި ނުހޯދުނީ

    156
    39
    • ސަމީލް

      ރައީތުން ކަނު ލޯބި ބަލި ޖެހިފަ ތިބެނީ. ގައުމަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ގެއްލުން ރޭވީ ތިމަންނައޭ ބުނެ އިއުތިރާފު ވީމަވެސް ތިބީ ހީފަ އަތްޖަހަން

      64
      24
    • ސަމިރުބާއީ

      ޔާމީނުގެ ބޮޑާކަމާ ވަގުވަންތަކަން ގަބޫލު ނުކުރީ

      47
      30
  5. ހުށޭނު

    އެންމެ ބޮޑު މީހާ ކޮބާ؟ ހަނދާން ނެތުނީ؟ އެންމެންގެ މަޢައްލިމާ މެޑަމް ކޮބާ؟؟؟؟؟؟؟؟؟

    100
    20
  6. އަލީ

    މިސޮރު ނަވާޒުގެ ރާގު ބަދަލުވާން ފެށީދޯ ، އަދި ފަހުން އެއްކޮށް ބަދަލުވެ ނަޝީދަށް ވަރަށް އައްސަރިބަހުގެ ލިއުންތައްލިޔާނެ

    79
    32
  7. ޕޯޓޭޓޯ

    ޅިސްޓުގައި ތިތިބި އެންމެން ވަރަށް ފުރިހަމައަށް ކުރި އެއްކަމެއް އެބަައޮތް...އެމީހެއްގެ އަންބޮނޑި އަށް ލާރި އެއްކޮށް ފުރާލި..ޚިޔާނާތްތެރިން..

    79
    17
  8. ޕީޕީއެމްގެޒުވާނުން

    އަދުރޭ، ނިހާނު، ނިހާނު، ޒަމީރު އަދި ޕާޓީގެ އެސްހީ ޚަލީލު މިހާރުން މިހާރަށް ޕާޓީގެ އިސް ސަފުން ފެއަށް ޖެހި ޒުވާން ނުވަތަ ހަރުކުލައިގެ ޢިލްމީ ބަޔަކަށް ޕާޓީ ހިންގުމުގެ ފުރުޞަތު ދޭން އެބަޖެހޭ.. އުމަރު ނަޞީރުވެސް ތިޔަ މީސް މީހުންމަށްވުރެއް ރަނގަޅުވާނެ. ޕާޓީއަށް ރައީސް ޔާމީނު ވަރަށް މުހިންމު އެކަމަކު ޕާޓީގެ ލީޑަރުގެ ގޮތަކު ނޫން ލަފާދޭ އިސް މުޝީރެއް ނޫނީ ޒަޢީމެއްގެ ގޮތުގަ. ވޯޓްލާން ވަޑައިނުގަތް ހިސާބުން އޭޒްއަ ލީޑަރ މަނިކްފާނު ފެއިލްވެއްޖެ އަޅުގަނޑުގެ ނަޒަރުގަ. އެމްޑީޕީގެ ވަކިތަކުން ޤައުމު ސަލާމަތްކުރުމަށް އާ ލީޑަރޝިޕެއްގެ ދަށުން އަލުން ސަފުތައް ރުކުރުވާލަންޖެހޭ.

    58
    15
  9. ފްލެޓް ދޮންބެ

    ސުރުޚީ ރަނގަޅު. ލިޔުމުގައި މާބޮޑު އޮއްޓަރެއް ނެތް. ބޮޑަށް ހީވަނީ ޖަޒުބާތުގައި ޖެހިފައި ހުރި ނޫސްވެރިއެއް ހެން. ތިޔަ ބައިގަނޑުގެ ކޮރަޕްޝަނާ ފަސާދަ އާއި ނުފޫޒުގެ ވާހަކައާއި ބޮޑާކަމާއި ކިބުރުވެރި ކަމުގެ ވާހަކަ ނުލިޔުނީ އެހެންވެގެން.

    59
    23
  10. އަސްލުއަޑު

    ސުޕޯކުސް ޕާސަން މުންދޫދު ލޮލަށްވެސް ނުފެނޭ ބޮޑު އިންތިހާބެއް ނިމުނު އިރު.. އެއުޅޭ ފިނިފެންމާ ސައީދުވެސް ތި މީސްމީހުންނަށް ވުރެއް ރަނގަޅު.. ދެން އުމަރު މިތަނަށް ގެންނަންވީ އަދުރޭމެން ފެއަށް ޖެހެންވީ ވަގުތު. މިއީ ޕީޕީއެމްއަށް އެކަނި ލިބުނު ގެއްލުމެއް ނޫން..އޮޕޮޒިޝަނެއް ނެތުމަކީ ޑިމޮކްރަސީއަށާ މުޅި ޤައުމަށް ތި ބައިގަނޑުގެ ފަރާތުން ލިބުނު ބޮޑު ގެއްލުމެއް.

    51
    7
  11. ގުރަހަ

    މުންދު މިލިސްޓަށް އައިނަމަ އިތުރަށް ފުރިހަމަވީސް.. އޭނާ އެބަ އުޅުއްވާތޯ ދުނިޔޭގަ؟

    49
    4
  12. ސަމީރު

    ކޮބާ އިކްރާމް ޕީއެސް އެމް ގެ

    47
    4
  13. ހެޕީ

    ނިހާނު އަދުރޭމެންގެ ދަށު ދަރަޖައިގެ އަޙްލާގުގެ ސަބަބުން ރައްޔިތުން ބަލައެއް ނުގަނޭ.. ރައްޔިތުންނަކީ މޮޔައިންކަމަށް ހަދާ ވީޓު ކަރުދާހުގަ ޖެހި ފާހަގަ އަނެއް ގޮޅިއަށް ފުންމަނީއޭ ކިޔާ ގުނބޯހައްދާ ޒާތުގެ ވާހަކަތައް ދައްކުވައި ދެ ދޮރުދޭތެރޭގަ މުޒާހަރާކުރުން ކަހަލަ އޮއްޓަރެއް ނެތް ކަތައްތައް ކުރުވި މީހުނއ ތިޔައީ..

    56
    5
  14. ޢަލީ އިބްރާހިމް

    ވަގުތު ނޫހަށް ހަމަ ސާބަސް!!!

    37
    6
  15. އަޝްރަފް

    މިއިން ޒަމާނަކު ވަގުތު ނޫހުން މިހާ ތެދު ޚަބަރެއް ނުކިޔަން.

    73
    8
  16. އަފީ

    ވަގުތު ނޫހުން ތިޔަ ލިޔެފައިވާ މި އާޓިކަލް ގައިވާ މީހުން ނަކީ ޕޕމ ހަލާކްކުރި މީހުން، ނަމަވެސް ރައީސް ޔާމީން މި ލިސްޓްގައި ނުވާކަން ޔަގީން! ސަބަބަކީ ރައީސް ޔާމީން ތަސައްވަރު ވިއްކަން ތިބި މީހުންނަށް މި ކަންކަން ނުކުރެވުނީ އަމިއްލަ މަސްލަހަތު އިސްކުރީ! މި ހުރިހާ ކަމެއް ރައީސް ކަމުގައި ހުންނަ މީހަކަށް ނުބެލޭނެ! އިތުބާރުކޮށްފައި އެކި ކަންކަމަށް މީހުން ލާފައިތިބޭނީ! އެމީހުންގެ ޒިންމާ އަދާ ނުކުރެވުނީމަ މި ހުރިހާކަމެއް މިއަދު މި ދިމާވީ! ޕޕމ ގެ ފިކުރެއް މި ގައުމުން ނުފުހެވޭނެ! ޕޕމ އަކީ ޕޕމ ގެ ލޮބުވެތި ރައްޔިތުން! މި ރައްޔިތުން ތިއްބެވީ ރައީސް ޔާމީން އާޢިއެކު! އެދުވަހުވެސް ތިބީ ރީސް ޔާމީން އާއިއެކު މިއަދުވެސް މި ތިބީ ރައީސް ޔާމީން އާއިއެކު! އަޅުގަނޑުމެން ހިތުން ރައީސް ޔާމީން އަށް ދީފައިވާ ޖާގަޔަށް ބަދަލެއް ނުގެނެވޭނެ! މީ ހިތާ ހިތުގެ ގުޅުމެއް! ނަމަވެސް ރައީސް ޔާމީން ވިއަސް އިސްލާމްދީނަށް ފުރައްސާރަކޮށްފި ނަމަ ހިތާ ހިތުގެ ގުޅުމެއް ނޯންނާނެ! އަޅުގަނޑުމެންނަށް އަބަދުވެސް ޔަގީންކަން އޮވޭ ރައީސް ޔާމީން އަކީ މިގައުމުގެ ތަރައްގީގެ ބާނީ! މިގައުމުގައި އިސްލާމްދީނުގެ ވަހުދަތު ނެގެހެއްޓި ރައީސް!

    44
    39
  17. ސަމީލް

    ރާއްޖޭގަ ސިޔާސީ ކަންކަމުގަ ކާމިޔާބު ވުމުގެ ފޯމިއުލާ ޔަކީ ބޮޑެތި ދޮގުހެދުން. ދެން ވޯޓަށް ވީމަ ރައީތުންނަށް ލާރި އެޅުން. އެކަމަކު ކޮންމެ މީހެއްވެސް އުޅޭނެ ވަރަށް މީހުން ކުރި މަތީގަ އިޙްލާސްތެރި ވެގެން ފައިސާޔާ ޖެހުނީމަ ރައީތުންވެސް ނުބަލާ ދީނަކަށް ގައުމަކަށް. މިސާލަކަށް ބަލާ ވަރަށް ފާޅުގަ ނަޝީދު އިއުތިރާފުވީ ދިވެހި ތާރީޙްގަވެސް ދައުލަތަށް ލިބުނު ގެއްލުމުގެ މޭސްތިރިޔަކީ ތިމަންނައޭ އެކަމަކު އެ ރައީތުންނަކަށް މައްސަލައަކަށް ނުވި ނޫސްވެރިންވެސް އެއަޑު އިވުނުކަމަށް ވެސްނުވި

    42
    11
  18. ާޓިނު

    މިމީހުން ފެއިލް ކުރީ ޕީޕީއެމް އެއްނޫން އަމިއްލަ އެދުމުން އެމީހުން އެ ފެއިލް ކުރީ މުޅި ޤައުމު ދިވެހިރާއްޖެ ފެއިލް ކުރުމުގެ ޒިންމާ އެމީހުން ނަގަންޖެހޭ.

    38
    3
  19. ޓޯސްޓީ

    ވަގުތުއެވެ! ކޮބާ އެއްކަލަ މެޑަމް ފާތުން.! ރިޔާސީ އިންތިހާބުގައި ޝަހީމް ނެރުމާ ޖެހެންދެން ޔާމީނާ އެކު އަދި ވަކިން ވެސް ހުރިހާ ތަނެއްގައި ހުރީ މެޑަމް ފާތުމަގެ ބޮޑެތިވެގެންވާ ފޮޓޯ ތަކެވެ. ސޮދަގާތް ފައުންޑޭޝަނުން ނުކުރާކަމެއް ނެތެވެ. ކޮންމެ މީހެއް ވެސް މެޑަމް ފާތުމަ އަށް ޝުކުރު އަދާކޮށް އެވާހަކަ ގޮވަން ޖެހެއެވެ. ސަންޓްރެވަލް ގޮލާ ބުނީ ސުވަރުގޭ ގައި ވެސް ގަނޑުވަރެއް ފާތުމަ އަށް ހުންނާނެ ކަމަށެވެ. އެހާ ވެސް އޯގާތެރި ހިދުމަތްތެރި ހިތްތިރި ތެދުވެރި އަމާނާތްތެރި ކަމަނާއެކޯއެވެ. ރިޔާސީ އިންތިހާބުން ބަލިވުމުން ފާތުމަ ފިލައިފިއެވެ. ސޮދަގާތް ފައުންޑޭޝަން މަރުވެއްޖެއެވެ. އެ ފައުންޑޭޝަނަށް ފައިސާ ދޭ މީހަކު މިހާރަކު ނެތޯއެވެ. މިސްކިތާ ބެހޭ ގޮތުން ނާއި ސޮދަގާތް ފައުންޑޭޝަނާ ގުޅޭ ގޮތުން އިވެން ފެށި އަޑުތަކުގެ ހަޤީޤަތް އަދި އެނގޭނެއެވެ. ފާތުމައިގެ ނަން މިލިއުމުގައި ނެތީތީވެ އެކަން ފާހަގަ ކޮށްލަމެވެ.

    29
    6
  20. 1111

    ޜަގަޅު. ޙުސް އެއްބަޔަކާ އަޅާގަނރގެން އުޅުމުގެ ބަދަލުގައި ތިފަދަ ޒިންމާ ދާރު ގޮތކަށް މަސައްކަތް ކުރުން އިސްލާހް ކުރަބް އޭދޭނަމަ ބޭނުންތެރި

    16
    4
  21. ދިވެއްސެއް

    އަޅުގަނޑަކީ ޕީޕީއެމަށް ތާއީދުކުރާ މީހެއް. އެހެން ބުނެފައި ބުނެލަން ބޭނުންވަނީ، ތިޔަ ބުނާ މީހުން ތިއްބައި އިންތިހާބުތަކުން ފޭލިވީމައި ދެން ތި ބުނަނީ އެއޭ މައްސަލައަކީ. ތިޔަ ބުނާ މީހުން އެއްފަރާތްކޮށް ދެން ވެސް ފޭލިވީމަ ބުނާނެ އެ މީހުން އެއްފަރާތްކޮށް ތަޖުރިބާ މަދު ޒުވާނުންތަކަކަށް ޕާޓީހަވާލުކުރީމައޭ މައްސަލައަކީ. މަކުނުގެ އެތަނަކުން ވަލެއް ހުހެއްނުވާނެ. ޕީޕީއެމްގެ ބިޔަ މައްސަލައަކީ އަދީބަށް ޔާމީނުކުރި އިތުބާރު. އެ ގުއިރޮދީގަ މުޅި ޕާޓީޖެހި އިދިކޮޅުން އޭގެ ފައިދާނެގީ. ދެން ހިނގި ހުރިހާ ކަމެއް ހިނގީ އޭގެ ހިޔަނީގަ. ކުރުކޮށް ފޮނިކޮށް މި ބުނެދިނީ ވީގޮތް.

    37
    3
  22. ނިޔާޒް

    . 1. ބޮލަކަށް ތިންހާހުން ފަސްހާހުން ބަހާނޭ ރުފިޔާއާ ގަނެފައި ދޭނޭ ފްލެޓް ނެތުން.
    2. ލީޑަރު ހައްޔަރުކޮށްފައިހުރުން
    3. ޓީވީޗެނަލް ކަނޑާލާފައިހުރުން
    4. ކެމްޕެއިންނަށް ޚަރަދުކުރަންހުރި އެކައުންޓްތައް ހިފަހައްޓާފައިހުރުމާއި ރަގަޅު ކެމްޕެއިންއެއް ނުޖެއްސުން
    5. ޔަހޫދީންނަާ ނަޞާރާއިންނާ ބުޑިސްޓުންނާ ސިޙްރުވެރި ފާދިރީންނާ ގުޅުން ނުބޭއްވުން
    6. އިސްލާމްދީންނޫން އެހްނެދީނަކަށް ޖާގަނުދީ ހިފެހެއްޓން
    7. ރާއްޖޭގެ އިސްތިޤްލާލާ މިނިވަންކަން ހިފެހެއްޓުން. މިއީ ޕީޕީއެމް ބަލިވީ ސަބަބުތައް

    52
    41
  23. ޑޮންޑޮން

    ޕީޕީއެމްގައި ރެނދުއަޅަން ފެށީ އަދީބަށް ޔާމީނު ކަނު އިތުބާރެއް ދިން ހިސާބުން. އަދީބު ބުނިހާ ކަމެއް ބުނި ގޮތަކަށް ކުރުމުގެ ނަތީޖާ މި ފެނުނީ. ގާތުގައިތިބި މީހުން ކިތަންމެ ވަރަކަށް ވެސް ވިސްނައިދޭން މަސައްކަތްކުރި. އެކަކަށް އެހާ އިތުބާރުކުރާކަށް ނުވާނޭ. އޭނަ ނާޖާއިޒުފައިދާ އެބަ ނަގައޭ، ލާރިތައް އެބަ ކައޭ ބުނި. އަޑެއް ނޭހި. ހަގީގަތް ހޯދަން މަސައްކަތެއް ވެސް ނުކުރި. އަދީބުގެ ދަހިވެތިކަން އިންތިހާއަށް ގޮސް ޔާމީނުން މަރާލަން ހަމަލާދިން ހިސާބުން ހޭއެރީ. އަދީބަށް އަދަބު ލިބުނު. އެކަމަކު ޕާޓީ ސަލާމަތެއް ނުކުރެވުނު. ފުނޑުފުނޑުވެގެން ފޭބީ.

    33
    6
  24. ނަބާ

    ކޮބާހޭ ލާރިގޯނި ބެހި ކަލޭގެ !!

    22
    4
    • އހ

      އެކަލޭގެ ނުހޮވުނީމަ މުޅިރަށުގަ އެބަދުވޭ އޭނަ ފައިސާދިން މީހުންތައް ފަހަތުން ބެހިހާ ލާތިތަކެއް އަނބުރާހޯދަން..

      16
      5
    • ސިސްޓަމެޓިކް

      އެކަލޭގެ އެއީ އެމްޑީއޭގެ މީހެއް.. ޕީޕީއެމްޓިކެޓުގަ ނިކުތްގޮތެއްވެސް ނޭނގެ.. ނަން އޮތީ އެމްޑީއޭގަ.. މުޅިންވެސް ދެކޮޅު ނުޖެހޭ އަރަތް ދެން ކޮންކަމެއް ރަނގަޅުވާނެ..ސިސްޓަމެޓިކްކޮށް އެއްކަމެއްވެސް ނުހިނގާ

      13
      3
  25. ޢުމަރު

    މީމުޅިންވެސް ގައްދާރުން. އަހަރެމެން ރައީސް މައުމޫނުގެ ފަހަތުގައި މިޕާޓީ އުފެއްދީ ވަރަށްވަރުގަދަ ޕާޓީއެއްގެ ގޮތުގައި. ނަމަވެސް މިބައިމީހުން މިޕާޓީތެރެއަށްވަދެ މިމީހުންގެ އަމިއްލަ އެޖެންޑާ ކާމިޔާބުކޮށް އަމިއްލަ އަންބޮޑި ބޮޑުކޮށް، ރޮލެކްސް ގަޑިއާ އަގުބޮޑު ފުލެޓްތައްގަނެ ނުހައްޤް މުއްސަދިކަންހޯދީ.

    17
    9
  26. އަނގޮޓި

    އަހެންނޭ ވާނީ، އަބަދު އަންނި އަންނި އޭކިޔަ ކިޔަ ތިއްބާ ރިޔާސީ އިންތިހާބުން ބަލިވީ، ދުލުކުރީގަ އަންނި ނޫން އެހެންއެއްޗެއްނެތް، ދެންވެސް އަންނި އަންނި އޭ ކިޔަކިޔަތިއްބާ ބޮޑުތަނުން އެބަލިވީ، އަދިވެސް އަންނި އަންނި...

    14
    5
  27. Anonymous

    ޢަދުރޭ ނިހާނުމެން ފަދަ މީހުން ކުރިމަތިލީ ދާއިރާތަކުގެ ގޮނޑި މިފަހަރު ޕީޕީއެމް / ޕީއެންސީ އަށް ނުލިބުނީވެސް އެމީހުން ކުރިމަތި ލީމައެވެ. ޢަބަދު އެއްވަތަރެއްގެ ކާއެއްޗެއް ކާން ފޫހިވާގޮތަށް އަބަދު އެކަކަށް ވޯޓުލާން ނުވަތަ އަބަދު މަޖިލިސްއިން އެއްމޫނުތަކެއް ފެންނާންވެސް ރައްޔިތުން ފޫހިވާނެއެވެ. މިޒަމާނުގައި ގިނައީ ތައުލީމީ ކޮލިފައިޑު ޕްރޮފެޝަނަލް ޒުވާނުންކަމަށްވާއިރު އެފަދަ ފަރާއްތަކަށް މަޖީހުންވެސް ޖާގަ ދެއްވަންޖެހޭ، އެގޮތުން މަޖިލިސް މެމްބަރުންގެ އަދަބު އަޚުލާގާއި ކޮލިޓީ މަޖިލިސްއެއްގެ ގޮތުގަ ފެނިގެންދާނެ، އަދި ގިނަވެގެން 2ދައުރަށްވުރެ ގިނަ ދައުރަށް އެއްވެސް މެމްބަރަކަށް ކުރިމަތި ނުލެވޭފަދަ ގާނޫނެއް ހެއްދެވުމަށް ގޮވާލަން.

    14
    4
  28. ޖާބިރު ހާން

    ތިމީހުން މިހާރުން މިހާރަށް އިސްތިއުފާ ދީފަ ކޮންމެވެސް އެހެން ކަމަކާ އުޅެން ގޮވާލަން. ވަގުންނާއި ނުފޫޒިސްޓުން ދެނެއް ބޭނުމެއް ނޫން

    12
    7
  29. ލަބީބު

    އިބޫ ހުވައިކުރުމާއެކު ޔާމީން ޖަލަށްލާ ތިންމަހަށްވުރެ ގިނަދުވަސް ހޭދަވީ ޖަލުގައެވެ. އެއްކޮށްމިނިވަންކުރީ އިންތިޚާބުގެ ކެމްޕެއިންނިމެން 6 ދުވަހަށްވެފައި އޮއްވައެވެ. އެކައުންޓްތައް ދޫކޮށްލަން އަމުރުކުރުމުންވެސް ދޫނުކޮށް ހިފަހައްޓާ ދޫކޮށްލީ އިންތިޚާބަށް ދެދުދުވަހަށް ވެފައި އޮއްވައެވެ. އެމްޑީޕީން އެހުރިހާދުވަހަކު ސަރުކާރުގެ މުދަލާ މާލިއއްޔާ ތަޅާ ބުރުއްސީ ކެމްޕެއިންނަށެވެ. ޔާމީންގެ ކެނޑިޑޭޓުން ކެމްޕެއިންކުރީ ސަޕޯޓަރުންގެ ޚަރަދުގައެވެ. ރައީސް ޔާމީން އެ ހަޔެއްކަދުވަހުވެސް ކެމްޕެއިނަށް ނުނިކުންނެވުން އެއީ ދެރަކަމެކެވެ. އަދި އިންޝާއަﷲ މިދުވަސްވެސް ދާނެއެވެ.

    25
    10
  30. ލަޠީފް

    ޕީޕީއެމް ހަލާކުކޮށް ފެއިލްކޮށްލީ މައުމޫނަށް ގަންނަ ދައްޖާލު!

    20
    14
  31. Anonymous

    ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ދިވެހިން ފައިސާ އަށް ވިކޭކަން..
    ފެއިލްވުމާއި ކާމިޔާބުވުންވެސް ބިނާވަނީ ފައިސާ ބެހިވަރަކަށް..
    ބަހާނި ފައިސާ ނެތިއްޔާ އަދި ބަހަން ނުކުރިއްޖެއްޔާ ލިބޭނީ ޔޫސެޓެއް.
    މިފަހަރު ފައިސާއާއި ބޯންބޭނުންވާ ފަތްޕިލާވެލި ވެސް ބެހިކަން ފާހަގަކުރަން.

    30
    9
  32. ކާލާ މަންނަ

    އަދުރޭ، ނިހާން އަދި އަލީ އާރިފް ގެ ބަސްމަގުވެސް ހުތުރުވެފައި ވާދަވެރި ފަރާތްތަކަށް އެއްވެސް އިހްތިރާމެއްވެސް ނުހުންނަނީ. ލާދީނީއޭ، ޖީއެމްއާރޭ ގޮވީ ހަމަ. ސިޔާސަތެއް ތަސައްވަރެއް ނެތީ. އަނެއްހެން ބުނަންޔާ ކެމްޕޭނެއް ނޫން ކުރަނީ. އެންޓި ކެމްޕޭން. އެއީ މިހާރު ގިނަ ރައްޔިތުން ބަލައިގަންނަ ގޮތެއް ނޫން. ތިބާމެންވެސް ވިއްކަންވީ ސިޔާސަތާއި ތަސައްވުރު. އެނެތީ. އަދުރޭ ނިހާން އަދި އަލީ އާރިފްމެންގެ އެޕްރޯޗް އަނެއްހެން ބުނަންޔާ އައުޓްޑޭޓެޑް ވީ. ޒަމާނަށް ނުފެނެތެނީ!

    13
    7
  33. ޅަބޭ

    ވަރައް ދެރަވެއްޖެ އަބުދުއް ރަހީމު ނުހޮވުނީމަ. އޭނަޔަކީ ތަޖުވީދުމަގައް އެންމެ މޮޅައް ރީތިކޮއް އައުގުރާނަ ގޮވާމީހާ.

    23
    5
  34. މުހަންމާ

    -ޕާޓީގެ ރައީސް ނުހައް ގުން ޖަލުގަ
    -ޕާޓީގެލީޑާޝިޕް ރައީސް ސަލާމަތް ކުރުމުގެ މަސައްކަތުގަ
    -ޕާޓީއައްލިބެންޖެހޭ ފައިސާ ސަރުކާރުން ހިފަހައްޓާފަ
    ހަތަރެސްފައި ބަދެފަ ރޭހުން ފެއިލްވީއޭ ބުނީމަ ވަރައް އިންސާފުވެރި ބާ؟

    33
    13
  35. އަސްލުވެސް

    މުޅިން ގޯސް އެއްވެސް ވަރަކަށް ދިރާސާ ނުކޮށް ލިޔެފައި ހުރި ލިޔުމެއް! ތީގައި އަބަހުރި އެއް ނަން ދެ ނަން ވަރު ރަނގަޅަށް ހިމަނާފައި، ނަމަވެސް ޕާޓީ މުޅިއަކުން ފެއިލް އެއް ނުވޭ ޕާޓިއަށް ކާމިޔާބު ނުވީ ސަރުކާރުން މުޅި ޕާޓީ އޮބިއަޅާލުމުން މިސާލު:
    - ޕާޓީ ގެ މައްސަލައެއް ކޯޓަށް ވައްދައި އެ މައްސަލައަށް ގޮތެއް ނުނިންމައި ދިގު ދެއްމުން.
    - ޕާޓިއަށް އީސީ އިން ދޭން ޖެހޭ ފައިސާ ނުދީ ހިފެހެއްޓުން
    - ޕީޕީއެމް އަށް ވާނެ ގޮތެއް ނޭގޭތީ އާޕާޓިއެއް އުފައްދަންޖެހި އެކަމަށް ވަގުތު ދިއުން
    - ޕާޓީގެ ހަރަކާތްތަކަށް ފަންޑު ކުރާނެ އެއްވެސް ފައިސާ އެއް ނެތުން
    - ޕާޓީ ލީޑަރ ތުހުމަތަކަށް ހައްޔަރުކޮށް ޖަލަށް ލުން
    - ޕާޓީ ލީޑަރގެ އެކައުންޓްތައް އިންތިޚާބު ގެ ކުރީ ދުވަހާ ޖެހެންދެން ފްރީޒްކޮށްފައި ބެހެއްޓުން
    - ޕާޓީގެ ފަރާތުން ދާއިރާތަކަށް ކުރިމަތިލި ރައްޔިތުންނަކީ ކޮބައިކަން ނޭގުން
    - ފަހުވަގުތު ޕާޓި ޓިކެޓް ދިން މީހުން އަތުން ޓިކެޓް އަތުލައި ޤާސިމްއަށް ބައިޔަތު ހިފުން
    - ސަރުކާރުން ޕީޕީއެމް ފުނޑާލުމަށްޓަކައި އެޕާޓީ ކެމްޕެއިން ކުރުމަށް އެއްވެސް ފުރުޞަތެއް ނުދިނުން
    - ސަރުކާރުން ރަށްރަށަށް ގޮސް ޢާންމުންނަށް ފައިސާގެ ދަޅަ ދެއްކުން
    - ސަރުކާރުގެ އެކި މުއައްސަސާގައި ތިބި މީހުންނަށް ބިރު ދެއްކުން
    - ވިޔާފާރި ވެރިންގެ ވިޔާފާރި އާއި ދޭތެރޭ ސުވާލު އުފެދޭ ވަރަށް އެމީހުންނަށް ބިރު ދެއްކުން.
    ވިސްނާލާ ތތި ޚަބަރުގަ ތިބި އެންމެން ފެޔަށް ޖެހިފަ ކާކާ ޕާޓީ ޙަވާލުކުރާނީ؟؟ އެފަދަ ޤާބިލިއްޔަތުކަން ހުރި ބަޔަކު އުފެދިފައި ނެތީސް އެހެން ހެދީމަ ދެން ކިހިނެއް ވާނީ؟؟ ކީއްވެތަ އިންތިޚާބުން ޕާޓީ ބަލިވި ސަބަބު އަހަރެމެން ޢާންމު ރައްޔިތުންނަށް މިހާ ތިލަކޮށް އެނގޭ އިރު ނޫސްވެރިންނަށް އެކަން ފަހުމް ނުވެގެން އުޅެނީ؟؟ އެހުރިހާ ވާހަކައެއް ޚަބަރެއްގެ ސިފައިގައި އަމުނާލަން ނޭގެނީތަ ނުވަތަ އެކަމަކީ ރައްޔިތުން ޤަބޫލު ނުކުރާނެ ކަމެއް ކަމަށް ހީވަނީތަ؟ ޤަބޫލުކުރިއަސް ނުކުރިއަސް ޙަޤީޤަތް ހާމަކުރުން އެއީ ނުސްވެރިންގެ ޒިންމާ އަކީ އެހެން ނޫންތޯ.

    34
    13
  36. ރައްޔިތު

    ޕޕމ ހަލާކު ކޮށްލީ ގިނަދުވަހު ވެރިކަންކޮށް އެކަމުގެ ރަހަ ކަރުބުޑުން ނުފިލާގެން އުޅޭ މައުމޫނުގެ އަމިއްލަ އެދުން ބޮޑުވެގެން.

    31
    11
  37. ނީނު ޕޕމ

    ކޮބާ މެޑަމް؟ ލިސްޓްގެ އެންމެ ކުރީގައި އިންނަން ޖެހޭ މީހެއް އެއީ. ތިމާ އަތް ފޯރުވަން ނުޖެހޭ ކަންކަމަށް ވަދެ ހަރާބު ކުރީ

    22
    12
  38. ނުރަބޯ

    100% ތެދު ބަޔާނެއް. ވަގުތު ނޫހަކީ ހަމަ ބެސްޓް އޮފްދަ ބެސްޓް.

    8
    21
  39. މުހަންމާ

    -ޕާޓީގެ ރައީސް ޖަލުގަ
    -ޕާޓީގެލީޑާޝިޕް ރައީސް ސަލާމަތް ކުރުމުގެ މަސައްކަތުގަ
    -ޕާޓީއައްލިބެންޖެހޭ ފައިސާ ސަރުކާރުން ހިފަހައްޓާފަ
    ހަތަރެސްފައި ބަދެފަ ރޭހުން ފެއިލްވީއޭ ބުނީމަ ވަރައް އިންސާފުވެރި ބާ؟

    24
    9
  40. ކާލާ މަންނަ

    އަނެއް ކަމަކީ ކޯޓު މެދުވެރިކޮށް ފެލާލައިގެން ޕީޕީއެމްގެ މިލްކުވެރިކަން ރައީސް މައުމޫން އަތުން ނެގުން. އެތެރޭގައި މުސްކުޅި ބޭބެއާ ތޮޅެ ނިންމާފަ ދޯ ޔާމީނަށް އެހެން ކަމަކާ އުޅެވޭނީ. ބަދަލު ހިފުމާ ނަފްރަތާ ކިބުރުވެރިކަމުން ތިމާ ފުރުނީމާ ވާ ގޮތް.

    15
    9
  41. ރޯނު އެދުރު

    މިތާ އަދިވެސް އެބަ ކޮމެންޓް ކުރޭ މި ހަގީގަތް ގަބޫލު ކުރަން ބޭނުން ނޫން ޕީޕީއެމް މީހުން.މަވެސް ޕީޕީއެމް މެންބަރެއް. އެކަމު ވިސްނާ، އަދި ކޮބައި މިމިސްމީހުންނާ ގުޅުން ހުރި ކޮރަޕްޝަނާއި، ނުފޫޒާ، ރިޝްވަތާ ފާއިތުވި 5 އަހަރު ސަރުކާރު ވަޒީފާތަކުގައި ތިބި މީހުންނަށް ކުރިހާ ގޯނާގެ ވާޙަކައާ ދެއްކިހާ ބިރުގެ ވާޙަކަ. ގައިމު ބަޔަކު ބޮޑު އިންތިހާބެއް އެނިންމާލީ. އެންމެ މީހަކުވެސް ވަޒީފާއިން ނުކަނޑަ. އޮފީސް ގަޑީގައި ފޮތުގައި ސޮއި ކޮށްފައި ގޮސް ކޮންމެސް މެޑަމެއްގެ އޮފީހެއްގައި އެމްޑީޕީ ކެމްޕޭންގައި އުޅޭން ނުޖެހޭ އަދި ޖަލްސާއަކަށް ދާން މަޖްބޫރެއް ނުކުރޭ. އެނޫންތަ ތަހްޒީބީ ސިޔާސީ ހަރަކާތަކީ. މަޖްބޫރުކޮށްގެން ކަންކަން ކުރުވާ ވިސްނުން ހުރީ ތިތިބަ މީހުންގެ.، އޭ މައްސަލަ އަކީ.

    12
    12
  42. ކުރުނީސް

    ޕާޓީ ގެ ހަލާކަކީ ހަމަ ސީދާ މަޢުމޫނު ޢަބްދުލް ޤައްޔޫމް.. މިހެން ބުނަންވެސް ދެރަވޭ އެކަމަކުވެސް ހަޤީގަތްވާނީ ހަމަ ހަޤީގަތަކަށް! ޔާމީހުން ފެއިލްކޮށްލީ މަޢުމޫނު މުޅި ދިވެހި ރައްޔިތުން ފެއިލް ކޮށްލީ ހަމަ މަޢުމޫނު! އަހަރެންގެ މިހިތުން މަޢުމޫނު އެއީ ގައުމުގެ އަދުއްވެއްކަމަށް ނިންމައިފިން! މިއީ ވެރިކަމުގެ ދަހިވެތިކަމުގައި މައުމޫނު ވައްޓާލި ވަޅުގަނޑެއް!

    20
    9
  43. Anonymous

    ވަގުތުނޫސް ހަގީގީޚަބަރުތައް ގެނައުމުގައި ފަސްނުޖެހޭތި ތިޔައީވަރަށް ބޮޑަށްގަބޫލުކުރެވޭ ތެދެއް

    9
    10
  44. ގޮރުނު ދޯރު

    ޕީޕީއެމްގެ އާ ލީޑަޝިޕެއް ވަރައް އަވަހައް ދެކެން ބޭނުން..ފުރަންޓް ލައިންގަ މަސައްކަތް ކުރާނެ މީހުންނާ ފަރުދާގެ ފުރަގަހުގަ މަސައްކަތް ކުރާނެ މީހުން...

    11
    4
  45. ދުންމާރި

    ރަންގަޅު ވާހަކައެއް މިވަގުތހު ޕީޕީ އެމްގެ ލީޑާސިޕް އިސްތިުފާދީ އާޅީޑާސިޕެއް ބޭޏުންވޭ

    8
    6
  46. ބެރު

    އާޒިމާ ސުކޫރު ވެސް ހިމަނާ. އެއީ ވެރިކަން ވެސް ހަރާބުކުރި މީހާ.

    12
    8
  47. ޖަޒީރާ

    ޖަޒީރާވަންތަ ނަޝީދުމެން ޕީޕީއެމް ހަލާކުކޮއްލީ ނަޝީދުމެން ރާއްޖެއަށް ވެއްދި ކޮރަޕްޝަން ޕީޕީއެމް ހަލާކުކޮއްލީ. ޢެކަމުން ހަލާކުވީ ހަމައެކަނި ޕީޕީއެމްއެއްނޫން މުޅި ދިވެހި ދައުލަތް ހަލާކުވީ. މިހާރު ދިވެހިން އިތުބާރުކުރާ އެއްވެސް މުއައްސަސާއެއް ދިވެހި ފަސްގަނޑަކުނެތް

    17
    8
  48. އަބުދުﷲ

    އިންތިހާބުތަކުންބުނާއެންޗަކީ ގައުމެއް އިސްލާމް
    ދީނެއްބޭނުމެންނޫއް ކޮންމެހެން އަދުރޭ ކާސިމެން
    ނިހާނެންނޫން ސާފުވީކަމައްހީކުރން

    16
    10
  49. ޖަޒީރާ

    މުޅި ގައުމު މިއޮތީ ފެއިލްވެފަ

    9
    1
  50. ޕީޕީއެމް އާއި ޕީއެންސީ

    ކުރީގެ ރައީސް ޔާމީނާއި ޕީޕީއެމް މީހުންގެ ކޮރަޕްޝަނުގެ މައްސަލަތަކެއް އެބަވޭ. އެކަމަކު އެމްޑީޕީ މެމްބަރުންނާއި ކޯލިޝަންގެ މެމްބަރުންގެ މައްސަލަތައް އެއަށްވުރެ ބޮޑު. ރައްޔިތުންނަށް މިއެއް ނުފެނޭ. ނޫސްވެރިންނަށް މިއެއް ނުފެނޭ. ބޭނުންވަނީ އެންމެ ހަޔެސްޓް ބިޑަރ. ކޮންމެ ގޮތަކުންވިޔަސް އެންމެ ގިނައިން ފައިސާދޭ ބަޔަކީ ހުދު ކަފަކޮޅެއްފަދަ މައުސޫމު ބައެއް. އަސްލު ޕީޕީއެމެއް މިފަހަރު މަޖްލީހަށް ކުރިމަތިލާކަށެއްވެސް ނޫޅޭ. ރިޔާސީ އިންތިހާބުން ފެށިގެން ބަލި ގަބޫލުކޮށްގެން އެތިބީ. އެހެންނޫންތަ ވާނީ މިހާރު އުޅޭ ދިވެހިންގެ މެޖޯރިޓީ ބޭނުންވަނީ ރާއްޖެއަށް ސެކިޔުލަރިސްމް ގެންނަން. ސެކިޔުލަރިސްމް ގޯހޭ، އިސްލާމްދީނޭ ކިޔައިގެން އުޅޭ (ސަރުކާރަށް ތަބާވާ) ގިނަމީހުން ބޭނުންވަނީ އިސްލާމްދީނަށް ހިތުހުރިގޮތަކަށް އުޅުމުގެ މިނިވަންކަން ގެންނަން. ރޯދަހިފުމަކީ ހަމައެކަނި ރޯދަ ކުރުކުރުމަށް ފަހު މަޖާކުރުމުގެ ދުވަސްތަކަކަށް ހަދަން. ޒަކާތްދިނުމަކީ ނުވާއެއްޗަކަށް ހަދައި ރީބާ އަކީ ހުއްދަ އެއްޗަކަށް ހަދަން. ޕާޓީއާއި ނައިޓްކްލަބުގެ މިނިވަންކަން ގާނޫނީ ގޮތުން ހުއްދަކުރަން. ޒިނޭކުރުންވެސް ގާނޫނީގޮތުން ހުއްދަކުރަން (ނަޝީދު ބުނި ގޮތަށް).
    ރާއްޖޭގެ އުޅޭ ހުރިހާ މުސްލިމުން މިހާރުން މިހާރަށް ތެދުވާންވީ ނޫނީ އަމިއްލަ ދަރިން ދީންދޫކޮށް ދާދުވަސް ބަލަން ހުންނާތި!

    7
    2
  51. ދަވޭ

    ރާއްޖޭގައި އޮންނަން ޖެހޭނީ ދެން ބަރުލަމާނީ ނިޒާމަކަށް ވެރިކަން ކުރުން މިކަން ނުހުއްޓުވޭނެ ރާއްޖޭގެ ރައީސް އަށް ވެސް ދެން އެކަން އެމަގުން ކުރަން ހުރި މީހަކީ އެއީ ކެނެރީގެ ނަޝީދު އެޖެންޑާ ނަވާރައިގެ ބެކް ބޯން އަކީ އެއީ ބަރުލަމާނީ ނިޒާމް ބަރުލަމާނީ ނިޒާމް ނެތި އެއް އެޖެންޑާ ނަވާރަ އެއް ކާމިޔާބު ނުވާނެއޭ ކަން މިހެން ހުރުމުން އެޖެންޑާ ނަވާރަ ތަންފީޒު ކުރުމުގެ ކުރިން ކުރަންވީ ކަމަކީ އެއީ ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުން ދިސްވޭ އިޒް ދަވޭ

    3
    4
  52. އަލްޖިބްރާ

    މިއެންމެން ހިފާ ހައްޔަރު ކޮށް ޖަލަށް ލާންވީ !

  53. އަފްލާ

    ޢިންތިޚާބައް ނުފޫޒު ފޯރުވަން ވެގެން ރ ޔާމީން ހައްޔަރު ކުރީ ކެމްޕެއިނައް އެއްވެސް ހަރަކާތެއް ނުހިންގުނު އެއްވެސް ދިމާލަކައް ރ ޔާމީންއައް ވަޑައެއް ނުގެނެވުނު ކޮންމެ ކަމެއްވެސް މިންވަރު ކުރައްވަނީ މާތް ﷲ އެމްޑީޕީ އައް މެޖޯރިޓީ ލިބުނީކީ އެމީހުނގެ މޮޅު ކަމަކުންނެއް ނޫން އިމްތިހާނެްްްްއް އެއީ އެމީހުން ދއން މިގައުމައް ހަދަނީ ކޮންގޮތެއްތޯ ރާއްޖެއިން އިސްލާމް ދީން ފޮހެލާނީތޯ އެއްޖިންސުން ގުޅުން ހިންގާނީ ތޯ ބަރުލަމާނީ ގެންނާނީ ތޯ ނޫންތޯ އެމީހުން މިކަމާ ވިސްނާފަ ގޮތެއް ނިންމާނީ އޭރުން މާތް ﷲ ދެނެވޮޑިގެންވާނެ މިމީހުންނަކީ ރަނގަޅު ބައެއްކމާއި އިސްލާމް ދީނައް މިމީހުން ގެ ހިތުގަ އޮތް ލޯބި ދއނެވޮޑިގެން ވާނީ ހަމަ ﷲ މީ އިމްތިހާނެއް ގޮނޑިއެއް ނުލިބިގެން ޕާޓީ ހަލާކުވެގެން ގޮނޑި ނުލިބުނު އެްްއްވެސް މީހަކާ ސުވާލެއް އާޚިރަތުގަ ނުކުރައްވާނެ އެކަމކު ﷲ ނަހީކުރެއްވި އެްްއްވެސް ކަމެއް އެއްވެސް މީހަކު ކޮއްފަ ހުރިއްޔާ އެކަމާ ސުވާލު ކުރެވޭނެ ޖަވާބު ދޭންޖެހޭނެ

    3
    3