ޔަޝްފާ ޢަބްދުލްޣަނީ އަކީ ހދ. މަކުނުދޫ މަސްވެރި އާއިލާއަކަށް އުފަން، މިހާރުވެސް މަކުނުދޫގެ ރައްވެއްސެކެވެ. ބައްޕައަކީ، މަކުނުދޫ ރޯޒަރީ ޢަބްދުލްޣަނީ އާދަމެވެ. މަންމައަކީ ހަފްސާ ޢަބްދުﷲ އެވެ. އުފަން ދުވަހަކީ 20 އޮކްޓޯބަރ 1984 އެވެ. ޔަޝްފާގެ ތިން ބޭފުޅުން ތިއްބަވައެވެ. އެއީ ދެ ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅެކެވެ. ތަޢުލީމް ޔަޝްފާ، ފަށާ ތަޢުލީމް ޙާޞިލް ކުރެއްވީ މަކުނުދޫ ސްކޫލުންނެވެ. ސާނަވީ ތަޢުލީމް ޙާޞިލް ކުރެއްވީ އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލުންނެވެ. ޑިޕްލޮމާއިން ޓީޗިން މެރިން ބައިލޮޖީއާއި، ބެޗްލާސް އޮފް ބިޒްނަސް އެންޑް ޓޫރިޒަމް މެނޭޖްމެންޓް އަދި މާސްޓާސް އިން ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް މެނޭޖްމެންޓް ހާޞިލް ކުރެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ…