މުސްލިމު އުންމަތު އެއްބަނޑު އެއްބަފާ ކަމަކީ ވަރުގަދަ ގުޅުމެކެވެ. އެއް ބަޔަކަށް ދިމާވާ ދަތި ކަންތައްތަކުގައި އަބަދުވެސް އިސްލާމީ މާތް ގުޅުން ފެނިގެންދެއެވެ. އަހުވަންތަކަމުގެ މިސާލުތައް ދުނިޔޭގެ އެކިއެކި ހާދިސާތަކުން ފެނިގެންދެއެވެ. މިދިޔަ ހުކުރު ދުވަސް ވެގެންދިޔައީ ނިއުޒީލެންޑްގެ ތާރީހުގައިވެސް ކުރިމަތިވި އެންމެ ކަޅު ދުވަހަށެވެ. އާންމުކޮށް، އަމާން އޮމާންކޮށް ފެނިގެންދާ ނިއުޒީލެންޑަށް، ހާއްސަކޮށް އެގައުމުގެ ޗްރައިސްޓް ޗާޗުގައި ދިރިއުޅޭ މުސްލިމުނަށް ހުކުރު ދުވަސްވީ ހަނދާނުން ފޮހެލަން ދަތި، ބިރުވެރިކަމުން ފުރިގެންދިޔަ ދުވަހަކަށެވެ. ހުކުރު ނަމާދަށް ތައްޔާރުވަމުންދިޔަ ނިއުޒީލެންޑް ދެ މިސްކިތަކަށް ނިރުބަވެރި ހަމަލާއެއް ދީ، އެތައް ބަޔަކު މިސްކިތުގެ ތެރޭގައި ޝަހީދުވެ ދިޔައެވެ. މުޅި ގައުމަށް ބިރުވެރިކަން ވެރިގެންދިޔަ އިރު، މިސްކިތު ތެރެއަށް ވަދެ…