މީގެ 3 އަހަރު ކުރިން މުޅި ލާމު އަތޮޅު ރޮއްވާލީ ލ.އަތޮޅު ކައުންސިލްގެ މެންބަރެއްގެ ކުއްލި މަރާއެކުއެވެ. ބަފައިބެއާއެކީ މަސްބާނަން ނުކުތް މުހައްމަދު އަބްދުއްރަހްމާން ނިޔާވެފައި ވަނީ 31 ޖަނަވަރީ 2016 ވަނަ ދުވަހުގެ ރޭގައި މަސްބާނަން ނުކުމެ އުޅުމުގެ ތެރޭގައި ޑިންގީއެއް ފޮރޮޅާލައި، ގެނބިގެންނެވެ. އެ މަރަށް 3 އަހަރާ މަހެއްހާ ދުވަސް ފަހުން އަނެއްކާވެސް ލާމު އަތޮޅަށް މިވަނީ ހިތްދަތި ކަމެއް ކުރިމަތިވެފައެވެ. އެއީ މީގެ 2 ދުވަސް ކުރިން ލ.ފޮނަދޫއިން ފުރައިގެން ލ.މާމެންދޫއަށް ދަތުރު ކުރި ޑިންގީއަކުން ލ.މާމެންދޫ ޝިމާ ނާފިޒް ކިޔާ، އުމުރުން 19 އަހަރުގެ އަންހެނަކު ގެއްލުމުގެ ފުން ހިތާމައެވެ. ޝިމާ ހޯދުމުގެ މަސައްކަތް އަދިވެސް ފުލުހުންނާއި ސިފައިން…