ފޮޓޯ ގެލަރީ

ކީޕަރު އިމްރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލުން ރަސްމީކޮށް ފާހަގަކުރުން

30 ޑިސެމްބަރ 2018: ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލުން ފާހަގަ ކުރުމުގެ ގޮތުން ކުޅުނު ހާއްސަ ފުޓްބޯޅަ މެޗު، މި މެޗްގައި އިމްރާންގެ ފޭވަރިޓު 11 އާއި ދެކޮޅަށް ނިކުތް އެފްއެމްގެ ޓީމުގެ ކެޕްޓަނަކީ ސްޕެއިންގެ ތަރި މިޝެލް ސެލްގާޑޯއެވެ. މި މެޗު އިމްރާންގެ ޓީމުން ކާމިޔާބު ކުރީ 3-2 ލަނޑުންނެވެ. މި މެޗު ބައްލަވާލެއްވުމަށާއި ޝަރަފްވެރިކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންނެވި އިރު ހާއްސަ މެހުމާނެއްގެ ގޮތުގައި މަންޗެސްޓަރ ޔުނައިޓެޑްގެ ގޯލު ބެލެހެއްޓި ތަރި، ޕީޓާ ޝޫމައިކަލް ބައިވެރިވެވަޑައިގެންނެވިއެވެ. ފޮޓޯ: ރައީސް އޮފީސް