ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ހިންގަމުން އަންނަތާ ނުވަ އަހަރެއްހާ ދުވަސްވީ އިރު، ކައުންސިލްތަކުގެ "ފިޔަތައް" ހުރީ ކޮށާލައިފައެވެ. ރައްޔިތުންގެ އަތް މައްޗަށް ބާރުތަކެއް ދޫކޮށްލި ކަމަށް ބުނި ކަމުގައި ވިޔަސް ހަގީގީ ތަރައްގީއެއް ރަށްރަށަކުން ނުފެނެވެ. ބާރުތައް ދޫކޮށްލީ ނަމެއްގައެވެ. މަގެއްގައި ޖަހާފައި ހުރި މަގު ބައްތިއެއް އެނދިޔަސް، ކުޑަ ކުދިންގެ ޕާކެއް އެޅިޔަސް، މިސްކިތުގެ އާބާތުރަ ފިލުވަން ވިޔަސް، ހިތްފަސޭހަ ބީޗުތަކެއް ހަދަން ވިޔަސް، ފުރަތަމަ ހުއްދަ ހޯދަން ޖެހޭނީ ކަމާގުޅޭ ވުޒާރާއެއް މެދުވެރިކޮށެވެ. ބައެއް ފަހަރު، ފަސޭހަކަމާ އެކު، އެކަން ހަމަޖެހޭ ފަހަރު އާދެއެވެ. އަނެއް ބައި ފަހަރު ސިޓީ ފޮނުވި ކައުންސިލަރުގެ ފިކުރު އެނގޭ ހިސާބުން އެކަމެއް ފުރިހަމަ ނުވެ، ލަސްވެއެވެ.…